ދުނިޔެ

ގޫގަލް ޓްރާންސްލޭޓް ވެސް ޗައިނާއާ ދުރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅަނގުގެ ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވާ ޗައިނާގައި ގޫގުލް އިން ފޯރުކޮށްދެމުން އަންނަ ބާކީ ހުރި މަދު ހިދުމަތްތަކުގެ ތެރެއިން އެއް ހިދުމަތް ކަމަށްވާ ގޫގަލް ޓްރާންސްލޭޓްގެ ޚިދުމަތް އުވާލައިފިއެވެ.

Ads by Sosun Fihaara

ޗައިނާގައި މިހާރު ގޫގުލް ޓްރާންސްލެޓް އެޕް އަދި ވެބްސައިޓުގައި މިހާރު ރީޑައިރެކްޓް ކުރަނީ ޖެނެރިކް ސަރޗް ބާރ އަށެވެ.

ހޮނިހިރު ދުވަހުން ފެށިގެން އެ ހިދުމަތް ބޭނުން ނުކުރެވޭ ކަމަށް ޗައިނާގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ބުނެފައިވެއެވެ. ގޫގުލް ކްރޯމް ބްރައުޒާގައި ބިނާކޮށްފައިވާ ތަރުޖަމާ ފީޗާ ވެސް ޗައިނާގައި ބޭނުންކުރާ ފަރާތްތަކަށް މިހާރު މަސައްކަތް ނުކުރެއެވެ.

ގޫގުލް ޓްރާންސްލެޓްގެ ހިދުމަތް ޗައިނާގައި މެދުކަނޑާލީ ބޭނުންކުރާ ފަރާތްތައް ކަމަށް ގޫގުލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ޗައިނާގައި ގޫގުލް ޓްރާންސްލެޓް ބޭނުން ކުރަމުން ދިޔައީ ކިތައް ޔޫޒަރުން ކަމެއް ހާމަކޮށްފައެއްނުވެެވެ.

ގޫގުލް އިން 2010 ވަނަ އަހަރު ޗައިނާގެ ބާޒާރުން އެ ކުންފުނީގެ ސަރޗް އިންޖީނު ނަގާފައިވަނީ އެގައުމުގެ ސެންސަރު އުސޫލުތަކަށް އަމަލުކުރަން ބޭނުން ނުވާތީއެވެ. އޭގެ ފަހުން ޖީމެއިލްއާއި ގޫގަލް މެޕްސް ވެސް ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކުރިއެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އާންމުކޮށް ހުޅަނގުގެ ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ހިދުމަތްތައް ބްލޮކް ކުރެއެވެ. ގޫގުލް، ފޭސްބުކް އަދި ޓްވިޓާ ފަދަ ހިދުމަތްތައް ހިމެނޭ ގޮތަށް ބްލޮކް ކުރަނީ، ސަރުކާރުން ސެންސަރު ކުރުމުގެ ހަރުކަށި އުސޫލުތައް ހިފަހައްޓަން މަސައްކަތް ކުރާތީއެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!