ޚަބަރު އިޖުތިމާޢީ

ނަބީހު ހޯދި ކާމިޔާބީ މާލެ ސިޓީ ކައުންސިލުން ފާހަގަކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: މާލެ ސިޓީ ކައުންސިލް

42 ވަނަ ''ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ހޯލީ ޤުރުއާން“ މުބާރާތުގައި ބައިވެރިވި އަލްހާފިޒް އަޙްމަދު ނަބީހު ހޯދި ކާމިޔާބީ މާލެ ސިޓީ ކައުންސިލުން ފާހަގަކޮށްފިއެވެ.

Ads by MWSC

މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސަޢޫދީޢަރަބިއްޔާގައި ކުރިއަށްގެންދިޔަ އެ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރީ އަޙްމަދު ނަބީޙް ޢަބުދުލްޤާދިރުއާއި މުޙައްމަދު ޔޫޝަޢު ޒަމްޒަމް ފާރިޝްއެވެ.

އެ މުބާރާތުގައި 112 ޤައުމަކުން 153 ބައިވެރިން ވާދަކުރިއިރު ނަބީހު ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

ނަބީހް ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ވަނީ ނަބީހުއަށް ހަނދާނީ ފިލައަކާއި, ޓްރޮފީއެއް ދީފައެވެ. ނަބީހުއާ ޓްރޮފީ ހަވާލުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ ނަބީހަށް ސްމާރޓް ޓީވީއެއް ހަދިޔާކޮށްފައެވެ.

ނަބީހަކީ އަކުރުތައް ފާޅުކުރުމާއި އަޑު ނެރުމުގައި ވެސް އުނދަގޫތައް ތަހައްމަލުކުރާ ކުއްޖެކެވެ. ނަމަވެސް ޤުރުއާން ކިޔަވާއިރު ވަރަށް ފަސޭހަކަމާއެކު އަޑު ނެރެ, އަކުރުތައް މަޚުރަޖުން ނަބީހު ކިޔަވައެވެ.

ނަބީހުގެ ޤައުމަށް މިފަދަ ރީތި ނަމެއް ހޯދައިދިންއިރު ނަބީހުގެ ކާމިޔާބީ ފާހަގަކުރަން ސަރުކާރުން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން ނައިބު ރައީސް ނަބީހާއި, ޔޫޝަޢު އާއި ބައްދަލު ކުރެއްވިއެވެ.

Ads by HDC
  1. ނެބިއުލާ

    ސިޔާސީ މީހުން ކުރާ އެއްވެސް ކަމެއްގަ އިޚްލާސްތެރިކަމެއް ނޯންނާނެ…ކޮންމެސް އަމިއްލަ އެދުމެއް…