ދުނިޔެ

ޔޫކްރެއިންނަށް ހަތިޔާރު ފޯރުކޮށްދިނުމުން ޕާކިސްތާނު ހޫނު ފެނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިއާއިން ޔޫކްރެއިންއަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގައި ވަކި އަތަކަށް ނުޖެހޭ ކަމަށް މީގެ ކުރިން ބުނެފައިވާ ޕާކިސްތާނުން، ޔޫކްރެއިންއަށް ހަތިޔާރު ވިއްކިކަން ފަޅާ އަރައިފިއެވެ.

Ads by Sosun Fihaara

ޔޫކްރެއިންއިން މިހާރު ރަޝިއާގެ އަސްކަރިއްޔާ ފަހަތަށް ޖައްސަމުން އަންނައިރު، ޔޫކްރެއިންއިން ބޭނުން ކުރަމުން އަންނަ ބައެއް ހަތިޔާރުގައި މޭޑް އިން ޕާކިސްތާން ޖަހާފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. މިކަމާ ގުޅިގެން ޕާކިސްތާނުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރައިގަތްއިރު، ޕާކިސްތާނުގެ އޭރުގެ ބޮޑު ވަޒީރު އިމްރާން ޚާން ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާގައެވެ. އެއާއެކު ޕާކިސްތާނަށް ދުނިޔޭގެ ޤައުމުތަކުން ވަރަށް ބޮޑަށް ވަނީ ފާޑު ކިޔާފައެވެ. އަދި އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ، އެ ޤައުމުގެ ސަރުކާރު ވެއްޓުނެވެ. މިހާރު އިދިކޮޅުގައި ހުންނެވި އިމްރާން ޚާން ވިދާޅުވާ ގޮތުގައި، ސަރުކާރު ވައްޓާލާފައިވަނީ ހުޅަނގުގެ ބާރު ތަކުން، އެ މީހުންގެ ޑީމާޑްތަކަށް އެއްބަސްނުވުމުންނެވެ.

ޕާކިސްތާނުން ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދެމުން އަންނަނީ ޖަރުމަނު ފަދަ ޤައުމުތަކުގެ ކުންފުނިތައް މެދުވެރިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!