ޚަބަރު

ރައީސް ޔާމީން ވެރިކަން ކުރެއްވިކަން އެއީ ރައީސް ޞާލިޙްގެ ނަސީބު: ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމް ވެރިކަން ކުރެއްވިކަން ކުރެއްވި ކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ނަސީބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝިޔާމް މިފަދައިން ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި ފެށި އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 2018 ވަނަ އަހަރު ނިންމި ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފެށުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ ވެރިކަން ކުރެއްވިކަން އެއީ ރައީސް ޞާލިޙްގެވެސް ނަސީބުކަމަށެވެ. އެހެންނޫން ނަމަ ރައީސް ޞާލިޙަށް މިއަދު ވެރިކަމުގައި ހުންނަވާ ދަތުރުކުރެއްވުން ފިޔަވާ ކިރައްވާނެ އިތުރު ކަމެއް ނޯންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަކީ އޭ 380 މަތިންދާބޯޓަށް ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. އެ ރަންވޭ 2018 ގައި ހުޅުވާފައި ވަނިކޮށް މި ސަރުކާރުގެ އިސްވެރިން ވަޑައިގެން އަލުން ހުޅުއްވައިދެއްވުމުގެ ސަބަބުން ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!