ހުޅުމާލެ ބައެއް މަގުތަކުގައި ކަރަންޓު ކޭބަލްތައް ބުރިކޮށްލި މައްސަލަ ތަހުގީގުކުރަނީ

ހުޅުމާލެ ބައެއް މަގުތަކުގައި ކަރަންޓު ކޭބަލްތައް ބުރިކޮށްލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިން ބުނީ އޮކްޓޯބަރު 8 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ބައެއް މަގުތަކުގައި ކަރަންޓު ކޭބަލް ބުރިކޮށްލާފައިވާކަމަށެވެ.
މިކަމުގެ ސަބަބުން އަނދިރިވެފައިވާ މަގުތައް ދިއްލުމުގެ މަސައްކަތް ހުޅުމާލެ އޮޕަރޭސަންސް ގެ 3 ޓީމަކުން ކުރަމުންދާކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
ހުޅުމާލެއިން ކަރަންޓު ކޭބަލްތައް ވަގަށް ނަގާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ސެންޓްރަލް ޕާކުގެ އުތުރުގެ ބައެއް މަގުތަކުންނެވެ. އެޗްޑީސީން ވިދާޅުވީ މިމައްސަލަ ފުލުހުންނަށް މިހާރު ހުށަހަޅާފައިވާކަމަށެވެ.
އެޗްޑޯސީން ވިދާޅުވީ މިއީ މިކަން ހިނގައިދިޔަ ފުރަތަމަ ފަހަރު ނޫން ކަމަށާއި ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓު ކޭބަލް ބުރިކޮށް ވަގަށް ނެގުމަކީ މީގެކުރިންވެސް ހިނގާފައިވާކަމެއްކަމަށެވެ.