ދުނިޔެ

އަލިބާބާގެ ހިއްސާ ދަށަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ޓެކް ޖަޔަންޓް ކުންފުނިތައް ކަމަށްވާ އަލީބާބާ ގްރޫޕް (9988.HK) އާއި ޓެންސެންޓް (0700.HK) ގެ އިތުރުން ޗިޕް އުފައްދާ ކުންފުނިތަކުގެ ހިއްސާ ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

Ads by Sosun Fihaara

ހިއްސާގެ ބާޒާރުގައި މި ކުންފުނިތައް ދަށަށްގޮސްފައިވަނީ ބެއިޖިންގެ ޓެކްނޮލޮޖީ އަދި އަސްކަރީ ކުރިއެރުންތައް މަޑުޖައްސާލުމަށް އަމާޒުކޮށްގެން އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލް ކުރުމުގެ އާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ހުކުރު ދުވަހު ޝާއިއުކުރި އެކްސްޕޯޓް ކޮންޓްރޯލްތަކުގެ ތެރޭގައި އެމެރިކާއަށް އެތެރެކުރާ އިލެކްޓްރޯނިކް ވަސީލަތްތަތަކުގައި ޗައިނާގެ ޗިޕް ބޭނުން ނުކުރެވޭ ގޮތް ހެދުން ހިމެނެއެވެ.

އޭގެ ތެރެއިން ބައެއް ފިޔަވަޅުތައް ވަގުތުން އަމަލުކުރަން ފަށާ މި ރާފްޓަކީ 1990 ގެ އަހަރުތަކުގެ ފަހުން ޗައިނާއަށް ޓެކްނޮލޮޖީ ޝިޕިންއަށް އެމެރިކާއިން ގޮން ޖަހާލި ފުރަތަމަ ފަހަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!