ފުލުހެއްގެ އަނގަމަތީގައި ޖެހި މީހަކު ހައްޔަރުކޮށްފި

ފުލުހެއްގެ އަނގަމަތީގައި ޖެހި މީހަކު ހައްޔަރުކޮށްފިއެވެ.
މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ.ހޯރަފުށްޓަށް ނިސްބަތްވާ ޢުމުރުން 38 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ ޢަލީ ނަދީމް ޢަމުރުކުރެއްވީ ހަ ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
ކޯޓު ޢަމުރުގައި ބުނެފައިވާ ގޮތުން ފުލުހުންގެ ހާދިސާ ރިޕޯޓާއި, އަނިޔާ ލިބުނު ފަރާތް ޑޮކްޓަރަށް ދެއްކި ލިޔުމުން އޭނާ ފުލުހެއްގެ އަނގަމަތީގައި ޖަހާފައިވާކަމަށް ބެލެވެއެވެ.