ދުނިޔެ

ފާއިތުވި 9 މަހުގެ ތެރޭގައި ޕާކިސްތާނުން އިންޑިއާއަށް 191 ޑްރޯން ފޮނުވާފައިވޭ: އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފާއިތުވި 9 މަހުގެ ތެރޭގައި ޕާކިސްތާނުން އިންޑިއާއަށް 191 ޑްރޯން ފޮނުވާފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

Ads by Sosun Fihaara

ފާއިތުވީ 9 މަސްދުވަހުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ވަނީ އަވަށްޓެރި ޕާކިސްތާނުން އިންޑިއާގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް 191 ޑްރޯން އެތެރެވި ކަން ފާހަގަކޮށް، އެގައުމުގެ އެތެރޭގެ ސަލާމަތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް މިހާރު ވަނީ އުފެދިފައެވެ.

މަރުކަޒީ ސަރުކާރުން ދާދިފަހުން ވަނީ، ޕާކިސްތާނު ފަޅިން މިފަދަ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމަށްޓަކައި އިންޑިއާ-ޕާކިސްތާނު ބޯޑަރުގައި ހަރަކާތްތެރިވާ ސަލާމަތީ ބާރުތަކުގެ އިންޕުޓް އިތުރުކޮށްފައެވެ..

އޮބްޒާވް ކުރި 191 ޑްރޯންގެ ތެރެއިން 171 ޑްރޯން ޕަންޖާބު ސެކްޓަރާ އިންވެގެން އޮންނަ އިންޑިއާ-ޕާކިސްތާނު ބޯޑަރު ހުރަސްކޮށް އިންޑިއާގެ ސަރަހައްދަށް ވަދެފައިވާއިރު، ޖައްމޫ ސެކްޓަރުން 20 ޑްރޯން އެއް ވަނީ ފެނިފައެވެ.

މި ޑްރޯންތަކުގެ ތެރެއިން ގިނަ ޑްރޯންތައް ފިލަން މަސައްކަތްކުރިކަން ހާމަވާއިރު، ޕާކިސްތާނުގެ އިންޓަރ-ސަރވިސަސް އިންޓެލިޖެންސްއިން ރާވައިގެން ހިންގާ މިފަދަ ޣައިރު ގާނޫނީ ހަރަކާތްތަކުގެ ޓެބެއް ބެލެހެއްޓުމަށް އިންޑިއާ-ޕާކިސްތާނު ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޯޑަރ ސެކިއުރިޓީ ފޯސް (ބީ.އެސް.އެފް)ގެ ސިފައިން ވަނީ ޖުމްލަ 7 ޑްރޯންއެއް ބަޑި ޖަހާ ވައްޓާލާފައެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވައްޓާލި ހަތް ޑްރޯންގެ ތެރެއިން ޕަންޖާބުގެ އަމްރިޓްސަރް، ފީރޯޒްޕޫރް އަދި އަބޯހަރް ސަރަހައްދުން ވަނީ ޑްރޯން ތަކެއް ހިމނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބީ.އެސް.އެފްއިން ފުރަތަމަ ޑްރޯން ވައްޓާލާފައިވަނީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ހަވިލިއަން ބޯޑަރ އައުޓް ޕޯސްޓް (ބީ.އޯ.ޕީ) ކައިރީގައި އޮންނަ ޕަންޖާބުގެ އަމްރިތްސަރްގައެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަމަނުޖެހުންތައް އަބަދު ވެސް އޮވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!