ޕޯސްޓްމޯޓަމް ހެދުމަށްފަހު އަޒުހާންގެ ޖަނާޒާ މިއަދު

ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އަޒްހާންގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށްފަހު މިއަދު ޖަނާޒާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އިންޑިއާ އަށް ގެންދިޔައީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އަޒްހާންގެ ހަށިގަނޑު ވަޅުލުމަށް ހަމަޖެހިފައިވަނީ މިއަދު ހުކުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
އަޒުހާން ގެއްލިގެން ފުލުހުން ރިޕޯޓު ކޮށްފައިވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭގެފަހުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ހުޅުމާލެގައި އޮންނަ ސްކޭޓު ޕާކާއި ދިމާލުން ވަލުތެރެއިންނެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ.