ޚަބަރު އިޖުތިމާޢީ

ލޯންޗު ދަތުރާއި ޑްރަގާ ގުޅުމެއް އޮތްތޯ ބަލަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މިހާރު

މި މަހުގެ 05 ވަނަ ދުވަހު އއ.މާޅޮސް ކައިރިން ލޯންޗެއް ބަންޑުން ޖަހައިލި ހާދިސާގައި ސަލާމަތްވި މީހާއަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށާއި, ލޯންޗު ދަތުރާއި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅުން އޮތްތޯ ބަލަމުންދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by MWSC

ލޯންޗުގައި ތިބި ދެ މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް ޅ.ހިންނަވަރު/ގުޑްލަކް, ޢަލީ އަޙްމަދު ނަމަކަށް ކިޔާ މީހަކު ފެނުނީ މި މަހުގެ 07 ވަނަ ދުވަހު އއ.ފެރިދޫ ފުއްޓަރާ ދިމާއިންނެވެ. އެ ގޮތުން ފެރިދޫ ސިއްހީ މަރުކަޒުގައި އޭނާއަށް ފަރުވާދިނުމަށްފަހު, އިތުރު ފަރުވާދިނުމަށް ގެނައީ އައިޖީއެމްއެޗަށެވެ. ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.

ދެން އެ ލޯންޗުގައި ހުރި ސ.ހިތަދޫ/މިންހާ, މުޙައްމަދު މިންހާޖު އަދިވެސް ފެނިފައެއް ނުވެއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ބުނީ ޢަލީ އަޙްމަދަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އެ މީހުން ދިޔައީ މަސް ބާނަންކަމަށް ޢަލީ އަޙްމަދު ބުނި ނަމަވެސް, ލޯންޗުގައި ގިނަ ޢަދަދަކަށް ތެޔޮ ހުރުމުން ޝައްކުތަކެއް އުފެދިފައިވާ ކަމަށެވެ. ލޯންޗުގައި މަސްތުވާތަކެތި ނެތް ކަމަށާއި, ނަމަވެސް އެ ދަތުރާ މަސްތުވާތަކެއްޗާ ގުޅުމެއް އޮތްތޯ ބަލަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!