ދުނިޔެ

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އިން ޔުގާންޑާއަށް ޚާއްސަ އެބޯލާގެ ވެކްސިނެއް ހަދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ރޯގާއާ ދެކޮޅަށް ބޭނުންކުރުމަށް ޓަކައި ނޮވެމްބަރު މަހުގެ ނިޔަލަށް އެކްސްޕެރިމެންޓަލް އެބޯލާ ވެކްސިނެއްގެ 20،000 އާއި 30،000 ޑޯޒް އުފައްދަން ނިންމާފައިވާ ކަމަށް އެ ވެކްސިން އުފައްދާ ފަރާތްތަކާއި ކުންފުނީގެ މަސްދަރަކުން ބުނެފިއެވެ.

Ads by WAMCO

ޔޫގެންޑާގައި މިހާރު ފެތުރިފައިވާ ބަލިމަޑުކަމާ ވެކްސިނެއް ނެތެވެ. މިހާރު އެ ޤައުމުގައި ފެތުރެމުން އަންނަނީ ސުދާންގެ އެބޯލާ ސްޓްރެއިންނެވެ.

ޔުގެންޑާގައި އެބޯލާ ޖެހިގެން މިދިޔަ މަހުން ފެށިގެން މިހާތަނަށް 54 މީހަކު ޕޮޒިޓިވްވެ 19 މީހަކު މަރުވެފައިވެއެވެ. ބަލި މިހާރު ވަނީ ވެރިރަށަށް ފޯރާވައެފެވެ. ވެރިރަށް ކަމްޕާލާއިން ފުރަތަމަ ކޭސް ރެކޯޑް ކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ.

އަވަށްޓެރި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ދާދި ފަހުން ފުރަތަމަ ފެނުނު އެބޯލާގެ އާންމު މި ވެކްސިނަކީ ސްޓްރެއިންއާ ދެކޮޅަށް އުފައްދާ ފައިވާ ވެކްސިނަކީ ވަރަށް ކާމިޔާބު ވެކްސިނެއްކަން ވަނީ ސާބިތުވެފައެވެ.

އެސްޓްރަޒެނެކާ (އޭޒެޑްއެން) އާ އެކު ކޮވިޑް ވެކްސިން އުފެއްދި އޮކްސްފޯޑް ޔުނިވާސިޓީ. ފުރަތަމަ ފިޔަވަހީގެ ޓްރަޔަލްތަކުގައި ސޫދާނުގައިކޮށްފައެވެ.

Ads by Allied Insurance
  1. ބޭސް ވިއްކައިގެން ވެސް ފައިދާއެއް ވޭތޯ ބަލާތި !