ފުލުހެއްގެ އަތުގައި ދަތްއެޅި ޒުވާން އަންހެނަކު ހައްޔަރުކޮށްފި

ފުލުހެއްގެ އަތުގައި ދަތްއެޅި ޒުވާން އަންހެނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މާރާމާރީ ހިންގައިގެން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރީ ސ.ފޭދުއަށް ނިސްބަތްވާ ޢުމުރުން 18 އަަހަރުގެ އާމިނަތު އަމާނާ ސަޢީދެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
ކްރިމިނަލް ކޯޓުގައި އޭނާ ބުނެފައިވަނީ ފުލުުހުންގެ އަތުގައި ދަތް އެޅުނީ މަސްތުވެގެން ހުރުމުން ކަމަށެވެ. އޭނާ ވަނީ ކޯޓުގައި އެކަމަށް މާފަށް ވެސް އެދިފައެވެ.