ރާއްޖޭގެ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވެރިކަން ކުރައްވާ ގޮތަށް މަގުމަތީގައި އުޅޭ ޕާޓޭއަކު ވެސް ވެރިކަންކޮށްފާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދާ ގޮތުން ދަންޏާ، ރާއްޖެ އަށް ވެރިޔަކު ނުދޭ ވަރުގެ ގެއްލުމެއް ރައީސް ޞާލިޙް ދެއްވާނެ ކަމަށެވެ.
އަދި މި ސަރުކާރާއެކު ޚަރަދު އަދިވެސް ދަނީ މައްޗަށް ކަމަށާއި ކުންފުނިތައްވެސް ބަނގުރޫޓްވެއްޖެ ކަމަށް ޖަމީލް ވިދާޅުވިއެވެ. މަޖިލީހަށް މެމްބަރުން އައްޔަންކޮށްފައި ތިބީ ރައްޔިތުންނަށް ތަކުލީފު ކުރަން ނޫން ކަމަށާއި މަޖިލީހުން ކުރަން ޖެހޭ ކަމަކީ ވަޢުދުތައް ފުއްދުން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
“މިދާ ގޮތުން ރައީސް ޞާލިޙް ވެރިޔަކު ނުދޭވަރުގެ ގެއްލުން ދޭނެ. ކުންފުނިތައް ބަނގުރޫޓްވެއްޖެ. ޚަރަދު އަދިވެސް މައްޗަށް. މަޤާމްތައް އިތުރުވަނީ. މަޖިލިސް ދިނީ ވަޢުދު ފުއްދަން. ރައްޔިތުންނަށް ތަކްލީފް ކުރާކަށްނޫން. ރ. ޞާލިޙް ގޮތަށް މަގުމަތީގައި އުޅޭ ޕާޓޭއަކުވެސް ވެރިކަން ކުރާނެ” ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މީގެ ކުރިން ކުރެއްވި ޓްވީޓެއްގައިވެސް ވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން ގެނެވުނު ތަރައްޤީއެއް ނެތް ކަމަށާއި މިއީ ދެހިން ބާކީކޮށްލި ސަރުކާރެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލޫ ކަލޭކަންތައް މިހާރު މާ މައްޗަށް ތިދަނީ! ޕާޓޭންނާ ނުބެހޭތި! އެއީ މިޤައުމުގެ މުސްތަޤުބަލު އުޖާލާކުރަންތިބި މީހުންކަން ނޭނގެނީތޯ؟