ދުނިޔެ

ޖަޕާނުގެ ބޮޑުވަޒީރާއި، އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ބައްދަލުވުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް އާއި ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ.

Ads by Sosun Fihaara

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 21 އިން 23ގެ ނިޔަލަށް އޮސްޓްރޭލިއާ އަށް ކުރައްވާ ދަތުރުފުޅެއްގައެވެ.

އެ ދަތުރުފުޅުގައި ޖަޕާން ބޮޑުވަޒީރު ޕާރތް އަށް ޒިޔާރަތް ކުރައްވާ އޮސްޓްރޭލިއާގެ ސަރުކާރުގެ ބޭފުޅުންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ކިޝިޑާގެ ސަރުކާރުގެ ޗީފް ކެބިނެޓް ސެކޭޓްރީ ހިރޯކަޒޫ މަޓްސުނޯ ވަނީ ބުދަ ދުވަހު ވިދާޅުވެފައެވެ.

މީޑިއާތަކުގައި އޭނާ އާއި ހަވާލާދީ ބުނެފައި ވަނީ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުން ހުރި ކަންކަމެވެ. މީގެ އިތުރުން އިގްތިސާދީ ގޮތުން ދެ ގައުމާއި ގުޅުން ހުރި ދާއިރާތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިންޑޯ ޕެސިފިކް އާއި ގުޅުން ހުރި މަޝްވަރާތައް ހިމެނޭ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!