އަޅުގަނޑު އަޅާ ފުޓްސަލް ދަނޑުތައް ރައްޔިތުންނަށް ވަނީ ''ބޮޑު ރަންގަނޑަކަށް'' : މަހްލޫފް
ފުޓްސަލް ދަނޑާއި, ފުޓްބޯޅަ ދަނޑު އަޅާތީ ބައެއް ފަރާތްތަކުން ފާޑުކީ ނަމަވެސް, ރާއްޖެތެރޭގެ ރަށްރަށުގެ މީހުންނަށް އެފަދަ ފުޓްސަލް ދަނޑަކީ ރަންގަނޑެއްކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ފުޓްސަލް ދަނޑާއި, ފުޓްބޯޅަ ދަނޑު އަޅާތީ ބައެއް ފަރާތްތަކުން ތިއީ ފުޓްބޯޅަ މިނިސްޓަރޭ ފުޓްސަލް މިނިސްޓަރޭ ބުނެ އޭނާއަށް ފާޑުކިޔާ ކަމަށެވެ.
''އަޅުގަނޑު ފުޓްސަލް ދަނޑުއަޅާތީ، ފުޓް ބޯޅަދަނޑު އަޅާތީ ވަރަށް ފާޑު ވެސް ކިޔާނެ. ހަމަ ތިއީ ފުޓްބޯޅަ މިނިސްޓަރޭ، ފުޓްސަލް މިނިސްޓަރޭ. އަޅުގަނޑަށް އެނގޭ އިނގޭތޯ. އެކަމަކު މާލޭގައި ހުންނަ މީހާއަށް ގޮސް ފުޓްސަލް ކުޅެލެވޭތީވެ އެ ވާހަކަ އެހެން ބުނި ކަމުގައި ވިޔަސް، ރަށުގައި ހުންނަ މީހާއަށް ފުޓުސަލް ދަނޑު ވޭ ބޮޑު ރަންގަނޑަކަށް. އެއީ މި ދެންނެވިހެން ކުރާނެ ކަމެއްނެތި އޮވެފައި، ކުއްލިއަކަށް ގޮސް ފުޓްސަލް ދަނޑެއް އެޅީމާ އެތާ ކުޅެލައި ހަދަން ލިބުނީމާ.''
މަހްލޫފް ވިދާޅުވީ ޒަމާނުއްސުރެ ހަމައެކަނި ފޯކަސް ކުރެވިގެން އައި ފުޓްބޯޅައިގެ ބަދަލުގައި މި ސަރުކާރުން އެހެން ކުޅިވަރުތަކަށް ވެސް ފުރުސަތުދީފައިވާ ކަމަށާއި, އޭގެ ނަތީޖާ ވެސް ފެންނަމުންދާ ކަމަށެވެ.
އަމިއްލަޔަށް އަކަޔަންބޯ ހެދިގެން ސަޅިކެނޑެމަކީ ވަރަށް ލަދުވެތިކަމެއް، މީހުން ބުނޭ ކުކުޅު ވެސ ހިނެއިންޖަހަން ލިބުނީ ހިރަފުސް ވެލިކަމަށް،