ސްވިޒް ރަން، ޗައިނާ އަދި އިންޑިއާއަށް

ސްވިޒް ރަނުގެ އަގު ދަށްވުމާއި ގުޅިގެން، އިންޑިއާ އަދި ޗައިނާއަށް އެ އެތެރެކުރާ މިންވަރު އިތުުރުވެއްޖެއެވެ.
ސްވިޒަލޭންޑްގެ ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ޗައިނާ އާއި އިންޑިއާ އަށް ސްވިޓްޒަލޭންޑުން ރަން އެކްސްޕޯޓް ކުރި މިންވަރު އިތުރުވެފައިވާއިރު، 2013 ވަނަ އަހަރުގެ އޭޕްރީލް މަހަށް ފަހު ތުރުކީއަށް ރަން އެތެރެކޮށްފައިވަނީ ފާއިތުވި މަހުގައެވެ.
މިދިޔަ މާޗް މަހު ރަނުގެ އަގު 2،000 ޑޮލަރަށް ވުރެ މައްޗަށް ދިޔަ ނަމަވެސް މިހާރު ރަނުގެ އަގު ހުރީ ގާތްގަނޑަކަށް 1،650 ޑޮލަރގައެވެ. އަގު ވެއްޓުމުގެ ސަބަބުން އޭޝިއާގައި ރަނުގެ ލާރިއާއި އަދި ގަހަނާގެ ޑިމާންޑް ވަނީ އިތުރުވެފައެވެ.
ތުރުކީގެ އިޤްތިޞާދީ ހަލަބޮލިކަމުގެ ސަބަބުން ވެސް ރަން ގަތުމަށް ހިތްވަރު ލިބިފައިވާއިރު، ގިނަ ފަހަރަށް އިންވެސްޓަރުން ދެކެނީ ފައިސާގެ ބަދަލުގައި ރަން ރައްކާ ކުރުމަކީ ބުއްދިވެރި ގޮތެއް ކަމަށެވެ.