ޗައިނާއިން ޓައިވާން 2024 ގެ ކުރިން ހިފާނެ: އެމެރިކާ
ޓައިވާނަށް ކުރިމަތިވެފައިވާ ނުރައްކަލާ މެދު ވޮޝިންޓަން އިންތިހާއަށް ކަންބޮޑުވާ ކަމަށް ބުނެ، 2024 ވަނަ އަހަރުގެ ކުރިން ޓައިވާނަށް ޗައިނާއިން އަރައިގަތުމުގެ ފުރުސަތު އޮތުމަށް އެމެރިކާގެ އަސްކަރިއްޔާ ތައްޔާރުވާން ޖެހޭ ކަމަށް އެމެރިކާގެ ނޭވީގެ ވެރިޔާ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ނޭވަލް އޮޕަރޭޝަންސް އެޑްމިރަލް މައިކް ގިލްޑޭ ވިދާޅުވީ ޗައިނާއިން ޓައިވާނާ ދެކޮޅަށް ފިޔަވަޅު އެޅާނެ ކަމަށް މީގެ ކުރިން ކަނޑައެޅި ޓައިމްލައިންގެ ކުރިން ޓައިވާނަށް އަރާނެ ކަމަށް މިހާރު ޤަބޫލު ކުރެވޭ ކަމަށެވެ.
ޗައިނާއިން ޓައިވާނަށް އަރައިގަންނާނެ ދުވަހަކާ މެދު އެމެރިކާގައި ބަހުސް ހޫނުވެފައި މިވަނީ އިއެޑްމިރަލް ފިލިޕް ޑޭވިޑްސަން މިދިޔަ އަހަރު ކޮންގްރެސްގައި، އިންޑޯ ޕެސިފިކް ކޮމާންޑްގެ އޭރުގެ ވެރިޔާގެ މަޤާމުގައި ހުރެ، 2027 ވަނަ އަހަރުގެ ކުރިން ޗައިނާގެ އަސްކަރިއްޔާއިން ޓައިވާނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ. ޑޭ
ގިލްޑޭ މިހެން ވިދާޅުވެފައިމިވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވެސް ހަލުވި ޓައިމްލަނެއްގައި ޓައިވާނުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.