ޗައިނާގެ ކަރަންޓީން ފެސިލިޓީއެއްގައި ހުރި 14 އަހަރުގެ ކުއްޖަކު އިހްމާލުން މަރުވި މައްސަލަ
ޗައިނާގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ކޮވިޑް ކަރަންޓީން ސެންޓަރެއްގައި ހުއްޓާ މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ކަރަންޓީނުގައި ކުއްޖާ ހުއްޓާ ބޭސްފަރުވާއަށް ގޮވާލި ގޮވާލުންތަކަށް އިހުމާލުވެފައިވާ ކަމަށް ބުނެ މަރުވި ކުއްޖާގެ އާއިލާއިން އިންސާފު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އުމުރުން 14 އަހަރުގެ ގުއޯ ޖިންޖިން އަށް ހުން އައިސްފައި ވަނީ މިދިޔަ ހުކުރު ދުވަހު ހެނާން ޕްރޮވިންސްގެ ރޫޒޫގައި ހުންނަ ސެންޓަރަށް ގެންދިޔަތާ ދެ ދުވަސް ފަހުންނެވެ.
އެކުއްޖާ އެނދުމަތީގައި ބަލީގެ ސަބަބުން ތެޅޭ މަންޒަރު ފެންނަ ވީޑިއޯތަކާ އެކު ޗައިނާގައި ވަނީ ބަލިމަޑުކަމުގެ ހަރުކަށި ކޮންޓްރޯލްތައް ދޫކޮށްލުމަށް ވަނީ އަޑުގަދަވެފައެވެ.
އާއިލާއިން ވަނީ ކުއްޖާ އެ ކްލިޕްތައް ހިއްސާކޮށް އެހީތެރިކަމާއި ޖަވާބުދާރީވުމަށް އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅިގެން ޗައިނާގެ ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ޗައިނާގެ ކޮވިޑް ގަވައިދު ބުނާ ގޮތުން ބަލި ޖެހިފައިވާ މީހަކު ނުވަތަ ކްލޯސް ކޮންޓެކްޓެއް ނަމަ، އެ މީހަކު ސަރުކާރުގެ ކަރަންޓީން ސެންޓަރަކަށް ފޮނުވަން ޖެހެއެވެ.
ޖިންޖިން އަށް ކޮވިޑް ޖެހުނު ކަމެއް ނުވަތަ ކަރަންޓީން ސައިޓުގައި ބަހައްޓާފައި ހުރީ ކޮންޓެކްޓަކަށް ވާތީ ކަމެއް ސާފެއް ނުވެއެވެ.