އެކަހެރިކޮށް ކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދުގެ ސަވާބު ހަތާވީސް ދަރަޖައަށް އިތުރުވެގެންވޭ: ޚުތުބާ
އެކަހެރިކޮށް ކުރާ ނަމާދުގެ ސަވާބަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދުގެ ސަވާބު ހަތާވީސް ދަރަޖައަށް އިތުރުވެގެންވާ ކަމަށްހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ނަމާދަކީ ދީނުގެ ތަނބެވެ" މިއެވެ.
ޚުތުބާގައި ބުނެފައި ވަނީ ނަމާދަކީ، އިސްލާމް ދީން އެ އެއްޗެއްގެ މައްޗަށް ބިނާވެވެންވާ ދީނުގެ ތަނބު ކަމަށެވެ. އަދި އަޅާއާ ކާފިރުކަމާ ދެމެދުގައިވާ މައްޗަށް ހުރަސް ކަމަށާއި ނަމާދު ދޫކޮށްލައިފި މީހާ އެ މުގުރާލަނީ ދީން ކަމަށެވެ.
ނަމާދަކީ ހިތަށް ހަމަޖެހުން ލިބޭ އަޅުކަމެއް ކަމަށާއި އެއީ ކަންބޮޑުވުމާއި ހާސްވުންފަދަ ކަންކަމުން ސަލާމަތް ކޮށްދޭ އަޅުކަމެއް ކަމަށް ބުނެފައިވެއެވެ. އަދި ބުއްދި ސަލާމަތުން ހުރިނަމަ ބާލިޢުވެފައިވާ ކޮންމެ މީހަކު ނަމާދު ގާއިމް ކުރަން ޖެހޭ ކަމަށާއި ކޮންމެ ހާލަތެއްގައިވެސް ނަމާދު ކުރަން ޖެހޭނެ ކަމަށެވެ.
އަދި ކިތަންމެ ބަލި ބޮޑުވިޔަސް، ބަލިމީހާއަށް ވެސް ނަމާދު
އެޅުމެއް ނުވާ ކަމަށާއި މިއަދު ފެންނަނީ މިއާ ހިލާފު މަންޒަރެއް ކަމަށް ބުނެފައިވެއެވެ. ބައެއް މީހުން ބައްޔެއް ވެލާއިރަށް ނަމާދު ދޫކޮށްލާތަން ފެންނަ ކަމަށާއި އެފަދަ މީހުންނަށް ނަމާދުކުރުން ވެފައިވަނީ އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށް ކަމަށެވެ.
“ބައެއް މީހުން ނަމާދު ނުކޮށް ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދުތައް ފަސް ކުރުމުގެ ނިޔަތުގަ. އެ ބަލީގައި މަރުވެއްޖެނަމަ، އެއީ އޭނާ ނަމާދު އެޅުމަށް އޮތް އުޒުރެއް ކަމަށް ދެކިގެން. މއީ
ވަރަށް ބޮޑު އޮޅުމެއް. މިގޮތަށް ގަޟާ ކުރުމަށް ނިޔަތްގަނެގެން ވެސް، ނަމާދު އެޅުން އެއީ ހުއްދަވެގެންވާ ކަމެއް ނޫން” ޚުތުބާގައި ބުންޏެވެ.
މުސްލިމުން ނަމާދާ ދުރުކުރުމަށްޓަކައި ޝައިތާނާ ވަރަށް ގިނަ ޙީލަތްތަކާއި މަކަރުތައް ހަދައި، ދުނިއޭގެ ދަޅަތައް ދައްކާނެ ކަމަށާއި މުސްލިމުން ނަމާދާ މުޅިން ދުރުކުރެވޭތޯ ބަލާނެ ކަމަށް ޙުތުބާގައި ބުންޏެވެ. އަދި ނަމާދުގެ ވަގުތުތަކާ ދިމާކޮށް، އެިކިމަސައްކަތްތައް ރާވައި، ހިންގާތަން ފެންނަ ކަމަށާއި ބަންގި ގޮވުމުން ފިހާރަތަކާއި، ސައިހޮޓާތައް ލައްޕަން ޤަވާއިދުތައް އަމުރު
ކުރާތީ އެތަންތަން ބަންދުކުރިޔަސް އެ ތަންތަނުގެ ތެރޭގައި، ގިނަބަޔަކު ނަމާދަށް ނުގޮސް ތިބޭތަން ފެންނަ ކަމަށެވެ.
މިގޮތަށް އަމަލު ނުކުރުމަށާއި ކަނޑައަޅުއްވާފައިވާ ވަގުތުގައި ނަމާދު ކުރުމަށް ސަމާލުކަން ދިނުމަށް ޚުތުބާގައި އިލްތިމާސްކޮށްފައިވެއެވެ.