ޚަބަރު

ހުޅުމާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް އަޅަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
DCIM100GOPROGOPR1206.JPG

ހުޅުމާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް އަޅާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކޮށްފިއެވެ.

Ads by Sosun Fihaara

މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ ރާއްޖޭގައި އަދި އަލަށް ތައާރަފްކުރާ ކޮންސެޕްޓަކަށްވާތީ ފުރަތަމަ ހެދުމަށް ނިންމާފައިވަނީ ހަތަރު ޗާޖިން ސްޓޭޝަނެވެ. އެ ސްޓޭޝަންތަކުން އާންމުކޮށް ދުއްވާ ހުރިހާ ބާވަތްތަކެއްގެ އުޅަނދުތައް ވެސް ޗާޖުކުރެވެން ޖެހޭނެ ކަމަށް ބުނެއެވެ.

އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަން ގާއިމުކުރުމުގެ ޝަރުތުތަކުގެ ތެރޭގައި

ބާޒާރުގައި ލިބެންހުރި ހުރިހާ ނުވަތަ ގިނަ އިލެކްޓްރިކް ވެހިކަލް ޗާޖިން ހާޑްވެއާ ބޭނުންކުރެވޭ ސްޓޭޝަނަކަށް ވުމާއި، ފޯރުކޮށްދޭ ވައިޓް ލޭބަލް ޔޫޒާ އެޕްލިކޭޝަނަކީ ރާއްޖޭގެ ޕޭމަންޓް ގޭޓްވޭ ބޭނުންކުރެވޭ އެޕްލިކޭޝަނަކަށްވުން ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!