ޚަބަރު

އެޗްޑީސީގެ "ޑެންގީ އިޖާބަ" ހަރަކާތް ބާއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

"ޑެންގީ އީޖާބަ" ނަމުގައި ހުޅުމާލޭގައި ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ކުރިއަށްގެންގޮސްފިއެވެ.

Ads by Sosun Fihaara

މިޙަރަކާތް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވީ، ކޮންމެ ހަފްތާއަކު ހުޅުމަލެއިން ޑެންގީގެ 40 ކޭސް ރިޕޯޓުކުރާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ހަރަކާތާއެކު ހުޅޫމާލޭގައި މަދިރި އާލާވާ ތަންތަން ދެނެގަނެވިގެންދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން އެޗްޑީސީން ވިދާޅުވީ، ހުޅޫމާލެ ފޭސް 1 އަދި 2ގައި ޢާއްމުކޮށް މީހުން ދިރިއުޅޭ ތަންތަނުގައި ހުރި ފެންހެދޭ ފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ.

ރާއްޖޭގައި ޑެންގީ ކޭސްތައް މިދުވަސްވަރު އާދަޔާ ޚިލާފަށް އަންނަނީ އިތުރުވަމުންނެވެ. ރާއްޖެއިން މިއަހަރުގެ މިހާތަނަށް 1600 އަށްވުރެ ގިނަ މީހުން ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ސެޕްޓެމްބަރ މަހާ އަޅާ ބަލާއިރު އޮކްޓޯބަރ މަހު މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވޭ މިންވަރު އިތުުރުވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!