ޗައިނާގެ ކުރީގެ ލީޑަރު ކޮންގްރެސް އިން ބޭރުކޮށްފި
ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުން ޗައިނާގެ ކުރީގެ ލީޑަރު ހޫ ޖިންތާއޯ ބޭރުކޮށްފިއެވެ.
79 އަހަރުގެ ޖިންޕިން، ރައީސް ޝީ ޖިންޕިންގެ އަރިހުގައި ހުންނެވި ގޮނޑީގައި އިންދާ އޮފިޝަލުން ވަނީ އޭނާ ބޭރަށްލާފައެވެ.
މިކަމާ ގުޅިގެން ޗައިނާ ސަރުކާރުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް ދައުލަތުގެ ނޫސް އެޖެންސީ ޒިންހުއާ އިން ބުނީ ހޫގެ ހާލު ކޮޅު ރަނގަޅު ނޫން ކަމަށެވެ.
ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮންގްރެސްއަށް ފަހު އެ ޕާޓީން ވަނީ ތާރީހީ ތިން ވަނަ ދައުރަކަށް ޝީ، 69، ކަށަވަރު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.
2003 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ދެމެދު ރައީސްކަން ކުރެއްވި ހޫ ޖިންތާއޯ ސްޓޭޖްމަތީގައި ހުންނެވިއިރު، ދެ އޮފިޝަލަކު އޭނާ ކައިރިއަށް ވަޑައިގަތެވެ. ޝީ ޖިންޕިންއަށް އެއްޗެކޭ ބުނުމުން އޭނާ ބޯ ޖަހާލިއެވެ.
ދެން މިސްޓަރ ހޫ ގޮވައިގެން ގްރޭޓް ހޯލް އޮފް ދަ ޕީޕަލްއިން ނުކުމެވަޑައިގަތެވެ.