އިނގެރޭސީން ޗާގޯސް ދޫކޮށްލާނަމަ، އަނބުރާ ދޭން ޖެހޭނީ ދިވެހިންނަށް: ބޮންޑެ

އިނގެރޭސީން ޗާގޯސް އައިލެންޑް ދޫކޮށްލާނަމަ، އަނބުރާ ދޭން ޖެހޭނީ ދިވެހިންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.
ބޮންޑެ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގެ ޗާގޯސްއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅެއް ޓްވީޓާގައި ހިއްސާކުރަމުންނެވެ.
ޗާގޯސްއާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ އެޓާނީ ޖެނެރަލުން ބައިނަލްއަގްވާމީ ޝަރީއަތުގަ މި މައްސަލައާ ގުޅޭގޮތުން ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށެވެ. މި މައްސަލަ ފުންކޮށް ބަލަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“މޮރިޝަސް ސަރުކާރުން ދެކޭގޮތުގައި، ފޯޅަވަހީގެ އެންމެ އުތުރު އަތޮޅު، އެއަތޮޅުގެ އެންމެ ތިލަ ތަނާ، އެތަނުން ފެށިގެން 200 މޭލު، މިން އެޅީމާ، ދިވެހިރާއްޖޭގެ މަސްކަނޑުގެތެރެއަށް އެތަން ވަދޭ. ދިވެހިރާއްޖެއިން މި މައްސަލަ، ފުންކޮށް ބަލަަމުން ގެންދާން ޖެހޭ. އެހެންނަމަވެސް މިއީ ހައްސާސް މައްސަލައެއްގެ ގޮތުގައި ފާހަގަވާނެ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ބޮންޑެ ވިދާޅުވީ ފޯޅަވައްސަކީ ދިވެހިންގެ ހައްގެއް ކަމަށާއި “އިނގިރޭސީން ޗާގޯސް ދޫކޮށްލާނަމަ، އަނބުރާ ދޭން ޖެހޭނީ ދިވެހިންނަށް” ކަމަށެވެ.
މިބައިގަޑު ރާއްޖެ ވިއްކާ ހުސްކޮށްލައިފި އެންމެ ފަހުން ކަޑުވެސް ވިއްކާލީ ދެން އޮތީ ޖައްވު ވިއްކާލުން !