މަސް ހިފަން އުޅެނިކޮށް ކަނޑު އަޑިން ފެނުނު ޒުވާނާ ނިޔާވެއްޖެ

ސ. ހިތަދޫން މަސް ހިފަން އުޅެނިކޮށް ގެއްލިގެން ކަނޑު އަޑިން ފެނުނު މީހާ ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ތޮލާލް އަޙްމަދު، ފެހިވިނަ، ސ.ހިތަދޫ، 24އެވެ.
އޭނާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 11:32ހާއިރުއެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ ކަނޑު އަޑިން ފެނިފައެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދިން ގޮތުގައި އޭނާ ނިޔާވެފައި ވަނީ މިއަދު 1:05ހާއިރުއެވެ.