ދުނިޔެ

ޗައިނާގެ ލީޑަރު ކަން ތިންވަނަ ދައުރެއް ޝީ ކަށަވަރުކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ކޮމިއުނިސްޓް ޕާޓީގެ ލީޑަރުކަމުގެ ތާރީހީ ތިން ވަނަ ދައުރެއް ހޯއްދަވައި، މާއޯ ޒޭޑޮންގް އަށް ފަހު އެ ގައުމުގެ އެންމެ ނުފޫޒުގަދަ ވެރިއެއްގެ މަގާމު ކަށަވަރުވެއްޖެއެވެ.

Ads by Sosun Fihaara

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ)ގެ ސެންޓްރަލް ކޮމެޓީން އާދީއްތަ ދުވަހު އެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޝީ އިންތިހާބުކުރީ ފަސް އަހަރުގެ ދައުރަކަށެވެ.

އިންތިޚާބަކާ ނުލާ ޤައުމުގެ ވެރިޔަކަށް ޝީ، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ޗައިނާގެ އަހަރީ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތަކުގައި ރަސްމީކޮށް އިއުލާނު ކުރައްވާނެ ކަން މިހާރު ވަނީ ޔަގީންވެފައެވެ.

ސީސީޕީން ވަނީ ޝީ އިސްވެ ހުންނަވާ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޮލިޓްބިއުރޯ ސްޓޭންޑިން ކޮމިޓީ (ޕީއެސްސީ) ގެ ނަން މިއަދު އިއްވާފައެވެ.

"ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް ކުރެއްވި އިތުބާރަށް ޓަކައި މުޅި ޕާޓީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،" އެ މަގާމަށް އައްޔަން ކުރެއްވުމަށްފަހު ޝީ ވިދާޅުވީ "ޕާޓީއާއި ރައްޔިތުންގެ ބޮޑު އިތުބާރު ހައްގުކަން ސާބިތުކޮށްދިނުމަށް ޓަކައި މަސްއޫލިއްޔަތު އަދާކުރުމުގައި ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެ" ކަމަށެވެ.

ޕީއެސްސީއަށް އަލަށް އައްޔަން ކުރެއްވި ހުރިހާ މެންބަރުންނަކީ ވެސް ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ޗެއާމަންގެ މަގާމަށް ހަމަޖެއްސެވި އުމުރުން 69 އަހަރުގެ ޝީއަށް ވަރަށް ގާތް ވަފާތެރި ބޭފުޅެއް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!