ދުނިޔެ

ޕާކިސްތާނުގެ ލޯނު ރޯލްއޯވާ ކޮށްދޭން ޗައިނާކުރެން އެދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުން ޗައިނާގެ ދަރަންޏާއި ބޭރުގެ ވިޔަފާރީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޓަކައި މި އަހަރުގެ ތެރޭގައި 34 ބިލިއަން ޑޮލަރުގެ ހޯދުމަށް ރާވާފައިވާ ޕްލޭންގެ ދަށުން ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެ ޤައުމުން ޗައިނާއަށް ދައްކަން ޖެހޭ 6.3 ބިލިއަން ޑޮލަރުގެ ދަރަނީގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިއްޖެއެވެ.

Ads by WAMCO

އެކްސްޕްރެސް ޓްރިބިއުން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޫން އަންނަ އަހަރުގެ ތެރޭގައި ޗައިނާގެ ދަރަނި އަދާކުރުމަށް ޗައިނާގެ އާ ލޯނެއް ހޯދުމަށް ވެސް ވަނީ މަޝްވަރާކޮށްފައެވެ.

ގާތްގަނޑަކަށް 6.3 ބިލިއަން ޑޮލަރުގެ ކޮމާޝަލް ލޯނާއި މަރުކަޒީ ބޭންކުގެ ދަރަނި ރީފައިނޭންސް ކުރުމާ ބެހޭ ގޮތުން ޗައިނާއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނޮންގް ރޮންގް އާއި ފިނޭންސް މިނިސްޓަރު މުހައްމަދު އިސްހާގު ދާރު ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.

މީގެ އިތުުރުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ބެއިޖިންގއަށް ކުރައްވާ ދަތުރުފުޅަކީ މިހާރު އޮތް ދަރަނި އަނބުރާ ގެންދިއުމަށް އެދިވަޑައިގެން، އެކްސްޕޯޓްކުރެވޭ ބައެއް މުދަލަށް އާ ދަރަންޏާއި، ޕްރެފަރެންޝަލް ޓްރޭޑް ޓްރީޓްމަންޓް ދިނުމަށް ވިސްނަވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ

ނަގުދު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ އެ ގައުމަށް ހުޅަނގުގެ މުއައްސަސާތަކާއި ސަރުކާރުތަކުގެ ޕްރެޝަރު ބޮޑުވެފައި ވަނީ ޗައިނާގެ ދަރަނި އަނބުރާ ހޯދުމަށް ކަމަށާއި، މިހާރު އެ ދަރަނި ހުރީ 26.7 ބިލިއަން ޑޮލަރުގައި ކަމަށްވެއެވެ. އޭގެ ތެރޭގައި ޕަބްލިކް އަދި ޕަބްލިކް ގެރެންޓީޑް ދަރަނި ވެސް ހިމެނެއެވެ.

ޕާކިސްތާނުގެ ގްރޮސް ފޮރިން އެކްސްޗޭންޖް ރިޒާވްގައި މިވަގުތު ހުރީ 7.5 ބިލިއަން ޑޮލަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!