ޚަބަރު

ފޯޅަވެއްސަކީ ރާއްޖޭގެ ބައެއް ނޫން ކަމަށް ބުނެވޭކަށް ނެތް: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ކަނޑައަޅަނީ ފޯޅަވެއްސާއެކުގައި ކަމަށާއި އެއީ ރާއްޖޭގެ ބައެއް ނޫން ކަމަށް ބުނެވޭކަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ހެދުމަށް ކުރަމުންދާ މަސައްކަތްތުގެ ތެރެއިން އިންޓަރނޭޝަނަލް ލޯ އޮފް ޖަސްޓިސް އިން ނިންމާފައިވާ ނިންމުމަށް އދގައި ރާއްޖެއިން ތާއީދު ކުރާނެ ކަމަށް ރާއްޖެއިން ވަނީ ހާމަކޮށްފައެވެ.

އެ މައްސަލައަށް އަލިއަޅުއްވައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 1560 ވަނަ އަހަރު 9 ވަނަ ހަސަން ރަސްގެފާނުގެ ސިޓީއެއްގައި ބަޔާންކުރައްވާފައިވާގޮތުން، ފޯޅަވަހީގެ 7 ރަށަކީވެސް ރާއްޖޭގެ ރަށްތަކެއް ކަމަށެވެ. އަދި އެ ތަނަކީ ރާއްޖޭގެ ބައެއްކަން ސާފުވެގެންދާނެ ތާރީހީ އަދި ސަގާފީ ހެކިތައްވެސް ފެންނަން ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ހާލަތު ބަޔާން ކުރައްވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިވަގުތު ފޯޅަވަހި އަކީ އެއްވެސް ގައުމެއްގެ ތަނެއް ނޫންކަމަށެވެ. އަދި އިންގިރޭސިން އެތަން ބެލެހެއްޓި ނަމަވެސް އެ ތަނަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށެވެ. އަދި އެއީ ޗާގޯސް އަތޮޅު ތަކުގެ ތެރެއިން އަތޮޅެއްކަމަށެވެ. އަދި އެތަނަށް ޔޫރަޕު މީހުން ކިޔަނީ ޕެރޮސް ބަނޯސް ކަމަަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!