ދުނިޔެ

ޓައިވާނަށް ޗައިނާގެ 20 މަތިންދާ ބޯޓް ވަތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނުގެ ވައިގެ ދިފާއީ އައިޑެންޓިފިކޭޝަން ޒޯން (އޭޑީއައިޒެޑް)އަށް ޗައިނާގެ 20 އަސްކަރީ މަތިންދާބޯޓާއި ކަނޑުގެ ސިފައިންގެ ތިން އުޅަނދެއް ވަދެފައިވާ ކަމަށް ޓައިވާނުން ބުނެފިއެވެ.

Ads by Sosun Fihaara

ޓައިވާން ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހަވީރު 5:00 އާ ހަމައަށް ޗައިނާގެ 20 އަސްކަރީ މަތިންދާބޯޓާއި، ކަނޑުގެ ސިފައިންގެ ތިން އުޅަނދެއް މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސް (އެމްއެންޑީ) އިން ވަނީ ޓްރެކްކޮށްފައެވެ.

އޭގެ ރައްދުގައި ޓައިވާނުން ވަނީ ކޮމްބެޓް ޕެޓްރޯލް މަތިންދާ ބޯޓާއި ކަނޑުގެ އުޅަނދުތައް ފޮނުވައި، ރޭޑިއޯ އިންޒާރު ދިނުމުގެ އިތުރުން ޕީއެލްއޭގެ މަތިންދާ ބޯޓާއި އުޅަނދުތައް މޮނިޓާ ކުރުމަށް އެއްގަމު އުޅަނދުގެ މިސައިލް ސިސްޓަމްތައް ބޭނުންކޮށްފައެވެ.

ޓައިވާން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮކްޓޯބަރު މަހުގެ މިހާތަނަށް ބެއިޖިން އިން ވަނީ ޗައިނާގެ 266 އަސްކަރީ މަތިންދާ ބޯޓާއި 71 ކަނޑުގެ އަސްކަރީ އުޅަނދު ޓައިވާނުގެ ސަރަހައްދަށް ފޮނުވާފައެވެ.

2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޗައިނާއިން ވަނީ ޓައިވާނުގެ އޭޑީއައިޒެޑަށް އާންމުކޮށް މަތިންދާބޯޓު ފޮނުވައިގެން ގްރޭ ޒޯން ޓެކްޓިކްސް ބޭނުންކުރުން އިތުރުކޮށްފައެވެ. ނަމަވެސް ޓައިވާންގެ ކަނޑުއޯޅިއާ ހަމައަށް އަސްކަރީ ބޯޓެއް ގާތްކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!