ދުނިޔެ

ޗައިނާގެ ބިރަށް ފަހަތަށް ނުޖެހޭނަން: ޓައިވާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ "ހަރުކަށި ނުރައްކާތަކާ" ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި ޓައިވާނުން ފަހަތަށް ނުޖެހޭނެ ކަމަށް އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ޓައިވާންގެ ރައީސް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

Ads by WAMCO

ސައި އިންގް-ވެން މިހެން ވިދާޅުވެފައިމިވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި އެ ޕާޓީން އަމިއްލަ ސަރަހައްދެއް ކަމަށް ދެކޭ ޓައިވާންގެ ސަރަހައްދު، ބާރުގެ ބޭނުންކޮށްގެން ހިފުމަށް އެ ޕާޓީން ޒަމާނުއްސުރެ ދެމުން އަންނަ އިންޒާރު އިތުރުކުރުމާ ގުޅިގެންނެވެ.

އެ ޕާޓީން ވަނީ ޓައިވާނުގެ މިނިވަންކަމަށް "ސާބިތުކަމާ އެކު ދެކޮޅު ހެދުމާއި ހުރަސް އެޅުމާއި" އަދި "އެއް ގައުމެއް، ދެ ނިޒާމެއް" ގެ ސިޔާސަތު ސާބިތުކަމާ އެކު ތަންފީޒު ކުރުމާ ބެހޭ ގޮތުން އެ ޕާޓީގެ ގާނޫނަށް އަކުރެއް އިތުރުކޮށްފައެވެ.

އިނގިރޭސިވިލާތުގެ އިސްތިއުމާރުގައި ކުރިން އޮތް ހޮންގްކޮންގްގައި މިހާރުވެސް އަންނަނީ އެއް ޤައުމއް ދެ ނިޒާމެއްގެ ސިޔާސަތު ތަފްޒީފް ކުރަމުންނެވެ.

ޓައިޕޭގައި ޑިމޮކްރަސީއަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ބައިނަލްއަގުވާމީ އެއްވުމެއްގައި ވާހަކަ ދައްކަވަމުން ސައި ވިދާޅުވީ ފިނި ހަނގުރާމައަށް ފަހު އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި ވަނީ ޑިމޮކްރަސީތަކާއި ލިބަރަލް މުޖުތަމައުތަކަށް ކަމަށެވެ.

"ރަޝިޔާއިން ޔޫކްރެއިންއަށް އެއްވެސް ނުފޫޒެއް ނެތި އަރައިގަތުމަކީ އޭގެ އެންމެ ބޮޑު މިސާލެއް މިކަމުން އެނގެނީ އިސްތިއުމާރީ ވެރިކަމަކުން ބާރު ބޮޑުކުރަން ހާސިލް ކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަން،" ސައި ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!