ދުނިޔެ

ޗައިނާގެ ފައިސާގެ އަގު ދުވަހަކު ވެސް ނުދާހާ ދަށަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
QINGDAO, CHINA - OCTOBER 16 2022: Officials watch the opening session of the 20th National Congress of the Communist Party of China (CPC) on a TV in Qingdao in east China's Shandong province Sunday, Oct. 16, 2022.

ކޮމިއުނިސްޓް ޕާޓީގެ ލީޑަރުންނަށް ބޮޑު ބަދަލެއް ގެނެސް، އެ ޤައުމުގެ ރައީސް ޝީ ޖިންޕިން ވެރިކަމުގެ ބާރު ގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ބިރު ހީވެ ޗައިނާގެ ޔުއާންގެ އަގު މިދިޔަ އަންގާރަ ދުވަހު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

Ads by WAMCO

ކޮންޓްރޯލް ކުރެވިފައިވާ ޑޮމެސްޓިކް މާކެޓުގައި ޔުއާން ވަރަށް ބޮޑަށް ދަށަށް ގޮސް، އަންގާރަ ދުވަހު ވަނީ 2007 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެންމެ ދަށަށް ވެއްޓުނު ދުވަހަށް ވެފައެވެ. މި އަހަރު ޑޮލަރުގެ އަގު ވަނީ 15 ޕަސެންޓް ދަށަށް ގޮސްފއެވެ. ޑޮލަރަކަށް މިހާރު ޖެހެނީ 7.3 ޔުއާންއެވެ.

2005 ވަނަ އަހަރާ ހަމައަށް، ޗައިނާ "މެނޭޖްޑް ފްލޯޓިން އެކްސްޗޭންޖް ރޭޓަކަށް" ބަދަލުވުމާއި ހަމައަށް އެތައް އަހަރެއް ވަންދެން ޑޮލަރުގެ އަގު ހުރީ 8.28 ގައެވެ. އެއަށްފަހު މަޑުމަޑުން މައްޗަށް ގޮސް، 2014 ވަނަ އަހަރު ގާތްގަނޑަކަށް 6.01 ގެ ޕީކަކަށް އެރިއެވެ.

މި ދަށަށް ގޮސްފައި މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނާގެ އެސެޓްތަކަށް ތާރީހީ މާކެޓް ގެއްލުމަކާ ގުޅިގެންނެވެ. ހޯމަ ދުވަހު ހޮންގްކޮންގާއި ނިއުޔޯކްގައި ޗައިނާގެ ހިއްސާތައް ދަށަށް ގޮސް، އެތައް ބިލިއަން ޑޮލަރެއްގެ މާކެޓް ވެލިއު ވަނީ ގެއްލިފައެވެ. ވޯލް ސްޓްރީޓްގައި ލިސްޓުކޮށްފައިވާ ޗައިނާގެ މަޝްހޫރު ގިނަ ކުންފުނިތައް ޓްރެކްކުރާ ނެސްޑެކް ގޯލްޑަން ޑްރެގަން ޗައިނާ އިންޑެކްސް ވަނީ 14 ޕަސެންޓް ދަށަށް ގޮސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!