ދުނިޔެ

ނެދަލެންޑްސްގައި ޤަވާއިދާ ޚިލާފަށް ޗައިނާގެ ޕޮލިސް ސްޓޭޝަން ހިންގާ މައްސަލަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާ ސަރުކާރުން ނެދަލެންޑްސްގައި މަދުވެގެން ދެ "ފުލުސް ސްޓޭޝަން" ގާއިމްކުރި ކަމަށް ތުހުމަތުކޮށްފިއެވެ.

Ads by Sosun Fihaara

ނެދަލެންޑްގެ ނޫސްތަކުން ކުރި ތަހުގީގުން ލިބިފައިވާ ހެކީގެ މައްޗަށް ބަލާއިރު، "ބައިނަލްއަގްވާމީ ހިދުމަތް ދޭ ސްޓޭޝަން"ގެ ގޮތުގައި ހިންގާ ތަންތަނުގެ ބޭނުމަކީ ޗައިނާ ސަރުކާރާ ދެކޮޅު މީހުން ހުއްޓުވުމެވެ.

ނެދަލޭންޑްސް ފޮރިން މިނިސްޓްރީން ބުނީ ނުރަސްމީކޮށް ފުލުހުންގެ މަރުކަޒުތަކެއް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން އެ ތުހުމަތުތައް ދޮގުކުރެއެވެ.

ޗައިނާގެ "ޕޮލިސް ސްޓޭޝަންތަކުގެ" ވާހަކަ ފަޅާ އަރުވާލީ ސްޕެއިންގައި ހިންގާ ޖަމިއްޔާ ސޭފްގާޑް ޑިފެންޑާޒްގެ "ޗައިނީޒް ޓްރާންސްނެޝަނަލް ޕޮލިސިން ގޯން ވައިލްޑް" ރިޕޯޓުންނެވެ.

އެ ރިޕޯޓުގައު ބުނީ ޗައިނާގެ ދެ ޕްރޮވިންސެއްގެ އާއްމު ސަލާމަތާ ބެހޭ ބިޔުރޯއިން 54 "ބައިނަލްއަގްވާމީ ޕޮލިސް ސާވިސް ސެންޓަރު" ގާއިމްކޮށްފައިވާ ކަމަށެވެ. އެއީ ފަސް ބައްރުގެ 21 ގައުމެއްގަ އެވެ.

އޭގެ ތެރެއިން ގިނަ ތަންތަން ހުރީ ޔޫރަޕުގަ އެވެ. އެގޮތުން ސްޕެއިންގައި ނުވަ މަރުކަޒު، އިޓަލީގައި ދެ މަރުކަޒު އަދި އިނގިރޭސިވިލާތުގައި ދެ މަރުކަޒު ހުރި ކަމަށްވެއެވެ.

އެ މަރުކަޒުތައް ހެދީ ޓްރާންސްނޭޝަންލް ކުށް ހުއްޓުވައި، ލައިސެންސް ދޫކުރުން ފަދަ އިދާރީ ބޭނުންތަކަށެވެ. އެކަމަކު ހަގީގަތުގައި އެ ތަންތަން އޮޕަރޭޓް ކުރަނީ ސަރުކާރާ ދެކޮޅަށް ޗައިނާ މީހުން އަޑުއުފުލުން ހުއްޓުވުމަށް ކަމަށް ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓު އާއްމުކޮށްފައި ވަނިކޮށް އާރްޓީއެލް ނިއުސް އަދި ފޮލޯ ދަ މަނީއިން ވަނީ ޗައިނާގެ ރައްޔިތެއް ކަމުގައިވާ ވާން ޖިންގްޔޫގެ ވާހަކަ ރިޕޯޓުކޮށްފައެވެ.

އޭނާ ބުނީ ނެދަލޭންޑްސްގެ "ޗައިނާ ޕޮލިސް ސްޓޭޝަނަކުން" އޭނާއަށް ގުޅައި، އެނބުރި ގައުމަށް ދިޔުމަށް އަންގަމުން ދިޔަ ކަމަށާއި ގައުމުގައި ތިބި އާއިލާއާ މެދު ވިސްނަަން އިންޒާރު ދިން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!