އެޑްވަޓޯރިއަލް ވިޔަފާރި

އުރީދޫން މިޔަހެލި 2022 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސް އާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މިޔަހެލި 2022 މަދަނީ ޖަމްޢިއްޔާތަކުގެ އެޑިޝަންއަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

Ads by STELCO

އުރީދޫ މޯލްޑިވްސް އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މިޔަހެލި 7 ވަނަ އެޑިޝަނަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 19 އޮކްޓޯބަރ 2022 ގައެވެ. އެހެން އަހަރުތަކާ ހިލާފަށް 2022 ވަނަ އަހަރުގެ ސޯޝަލް އިނޮވޭޝަންޗެލެންޖަކީ މަދަނީ ޖަމިއްޔާތަކަށް "އިނޮވޭޝަން ފޯ ޕީޕަލް، ޕްލެނެޓް އެންޑްޕްރޮސްޕެރިޓީ" މި ޝިއާރުގެ ދަށުން ހުޅުވާލެވިފައިވާ ޗެލެންޖެކެވެ.

މިޔަހެލި 2022 އަށްޝައުގުވެރިވާ މަދަނީ ޖަމިއްޔާތަކުން ރަޖިސްޓްރީ ވުމަށް މި ލިންކަށް ޒިޔާރާތްކޮށްގެން ފުރިހަމަ ކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫމޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްއާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ހައްލު ހޯދުމާއި، މުޖުތަމަޢުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މިޔަހެލި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު މި އަހަރުވެސް ހުޅާވާފައިވަނީ ނުހަނު އުފަލާއެކު ކަމަށެވެ. 

“މިއަހަރުގެ މިޔަހެލިއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީޖަމްޢިއްޔާޖަމާޢަތްތަކުގެ ޚިޔާލުތައް ޙަޤީޤަތަކަށް ހަދައި، ރައްޔިތުންނަށާއި،އަޅުގަނޑުމެންގެ ދުނިޔެއަށް ފާގަތި މުސްތަޤްބަލެއް ކަށަވަރުކުރުމަށްޓަކައި ފުރުޞަތުތައްތަނަވަސްކޮށް، މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދާ ވަރަށް ބޮޑުފުރުސަތެއް. މިއަހަރުގެ ބައިވެރިންގެ ފަރާތުންވެސް އީޖާދީ އަދި މުހިންމު ހައްލު ތަކާއެކު ވަރަށް ފުރިހަމަ ކޭމްޕް އެއް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް" ހާލިދު ވިދާޅުވިއެވެ. 

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ބައިވެރިވާ ޓީމުތަކަށް ބޭނުންވާ ވަސީލަތްތަކާއި އިތުރު ޢިލްމާއި އިރުޝާދު މެންޓަރުންނާއި ފެސިލިޓޭޓަރުންގެ ފަރާތުން އެފަރާތްތަކުގެ ޚިޔާލުތައް ބިނާ ކުރުމަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ބައިވެރިވާ ޓީމްތަކަން މުޖުތަމައުއަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިސްނައިގެން ގެންނަން ބޭނުންވާ މުހިންމު އިޖުތިމާއީ ބަދަލުތައް ދެނެގަނެ އެހިޔާލުތައް އިތުރަށް ފުރިހަމަކުރުމަށް އުރީދޫ މޯލްޑިވްސް އާއި ޓެކްނިކަލް ދާއިރާތަކުން ބައިވެރިވާ މެނޓަރުން އެހީތެރިވުމަށް ޓީމްތަކާއެކު ހަރަކާތްތެރިވާނެއެވެ. މިޔަހެލި ސޯޝަލް އިނޮވޭޝަން ޗެލެންޖުގެ ސަބަބުން މަދަނީ ޖަމްއިއްޔާތަކުގެ އާންމު ހަރަކާތްތަކުގެ ބޭރުން އީޖާދީ ހައްލުތައް ހޯދުމަށް ހިތްވަރު ލިބިގެންދާނެ އެވެ.

މިޔަހެލި ކޭމްޕްގައި ބައިވެރިވުމަށް 13 މަދަނީ ޖަމިއްޔާއެއް ހޮވުމަށްހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 3 ޖަމިއްޔާއެއްގެ ހިޔާލު ޕައިލެޓް ކުރުމުގެ ފުރުސްތު ލިބިގެންދާނެއެވެ. މޮޅުވާ ތިން ޓީމަށް ތިން ލައްކަ ރުފިޔާގެ ސީޑް ފަންޑިންއާއި، ހުށަހަޅާފައިވާ ބަޖެޓާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެންޓަޝިޕް ދިނުމަށް ހަމަޖެހިފައިވާއިރު، އެ ޚިޔާލުތައް ކުރިއެރުވުމަށް މިޔަހެލި ޕްރޮގްރާމް އިން މަސައްކަތްކުރާނެއެވެ. މިޔަހެލީގެ ގްރާންޓް ލިބޭ 3 ފަރާތުން 2 ސްލޮޓް ހާއްސަ ކުރާނީ މާލެ ސަރަހައްދުން ބޭރުގައި ހިންގާ މަދަނީ ޖަމިއްޔާތަކަށެވެ.

މިޔަހެލި 2022 އަކީ އުރީދޫ މޯލްޑިވްސް އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން 2016 ވަނަ އަހަރު ރަސްމީކޮށް ތައާރަފްކުރި ސޯޝަލް އިނޮވޭޝަން ކޭމްޕެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!