ދުނިޔެ

އިންޑިއާގެ ޓާޓާއިން އަސްކަރީ ވައިގެ އުޅަނދު އުފައްދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޓާޓާ ގްރޫޕުން އަސްކަރީ ވައިގެ އުޅަނދު އުފެއްދުމަށް ތައްޔާރުވެއްޖެއެވެ.

Ads by WAMCO

މީގެ ކުރިން އިންޑިއާގެ ޕްރައިވެޓް ކުންފުންޏަކުން އެފަަދަ ޕްރޮޖެކެޓެއް ހިންގާފައެއް ނުވެއެވެ.

އިންޑިއާ ސަަރުކާރުން ބުނީ ޓާޓާ އާއި އެއާބަސް ގުޅިގެން ސީ-295 ވައިގެ އުޅަނދު އުފެއްދުމަށް ފަަހު އިންޑިއާގެ އެއާ ފޯސްއާ ހަވާލުކުރާނެ ކަމަށެވެ.

އެ ޕްރޮޖެކްޓުގެ އަގަކީ ދެ ބިލިއަން ޑޮލަރެވެ. އެ ޕްރޮޖެކްޓް ހިންގާނީ އިންޑިއާގެ ހުޅަނގުގައި އޮންނަ ގުޖަރާތު ސްޓޭޓުގަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުޅަނދުތައް އުފެއްދުމަށް ހާއްސަ ފެސިލިޓީ ރަސްމީކޮށް ހުޅުވައިދެއްވާނީ އާދީއްތަ ދުވަހު ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ.

މިހާރު އިންޑިއާގެ އެއާ ފޯސްއަށް ވައިގެ އުޅަނދު އުފައްދަނީ ދައުލަތުގެ ކުންފުނި ހިންދުސްތާން އެއިރޮނޯޓިކްސުން އެކަންޏެވެ.

އިންޑިއާއަކީ ދިފާއީ ކަންކަމަށް އެންމެ ގިނައިން ތަކެތި އިމްޕޯޓް ކުރާ އެއް ގައުމެވެ. ހަތިޔާރާއި އެހެނިހެން އަސްކަރީ ސާމާނު ހޯދަން އިންޑިއާއިން އެންމެ ބޮޑަށް ބަރޯސާ ވަނީ ރަޝިއާއަށެވެ.

އެހެން ނަމަވެސް މޯދީގެ ސަރުކާރުން އިމްޕޯޓު މަދުކޮށް، އިންޑިއާގެ އެތެރޭގައި ހަތިޔާރާއި އަސްކަަރީ ސާމާނު އުފެއްދުން އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުގެ "މޭކް އިން އިންޑިއާ" ކެމްޕެއިންގެ ދަށުން، އަސްކަރީ ވައިގެ އުޅަނދު ގައުމުގައި އުފައްދަން ފެށުމަކީ ބޮޑު ކުރިއެރުމެއް ކަމަށް އެނެލިސްޓުން ބުނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!