ޚަބަރު ސިޔާސީ

ފޯޅަވަހީގައި ދިރިއުޅުނު މީހުން ދިވެހި ރައްޔިތުންގެ ގޮތުގައި ބަލައިގަންނަން ޖެހޭ: ބޮންޑެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ 20 ވަނަ އަތޮޅެއްގެ ގޮތުގައި އޮތް ފޯޅަވަހީގައި ދިރިއުޅުނު މީހުން ދިވެހި ރައްޔިތުންގެ ގޮތުގައި ބަލައިގަންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ބޮންޑެ މިފަދައިން ވިދާޅުވީ ޗާގޮސްގެ ފުރަތަމަ ވަޒަންވެރިން މޮރިޝަސްއާ ގުޅެން ބޭނުންނުވާ ކަމަށާއި އެމީހުންނަކީ މޮރިޝަސް މީހުން ނޫން ކަމަށް "ޗާގޯސިއަން ވޮއިސެސް" އިން ނެރުނު ބަޔާނެއްގައި ބުނުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ބޮންޑެ ވިދާޅުވީ ‏2500 ކިލޯ މީޓަރު ދުރުގައި އޮންނަ މޮރިޝަސްގެ އަތޮޅެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އެތަނުގައި ދިރިއުޅޭ ބަޔަކަށް ފަސޭހަ ވާނީ ރާއްޖޭގެ އަތޮޅެއްގެ ގޮތުގައި އޮތުމުން ކަމަށެވެ. “ރާއްޖޭގެ 20 ވަނަ އަތޮޅެއްގެ ގޮތުގައި ފޯޅަވީގައި ދިރިއުޅުނު މީހުން ދިވެހި ރައްޔިތުންގެ ގޮތުގައި ބަލަގަންނަން ޖެހޭ” ބޮންޑެ ވިދާޅުވިއެވެ.

ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އ.ދ އިން ފާސްކުރި ގަރާރާ ދެކޮޅަށް މީގެކުރިން ރާއްޖެއިން ވޯޓު ދިން ނަމަވެސް އެ ނިންމުން ކުއްލިއަކަށް ބަދަލުކުރުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ.

ނަމަވެސް ސަރުކާރުން ވަނީ މިއީ ތަފާތު ދެ މައްސަލައެއް ކަމަށާއި އދ. ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިން ނަމަވެސް ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށް ބުނެފައެވެ.

Ads by Allied Insurance
  1. އިމްރާން

    އަޅެއެމީހުންއިސްލާންކޮއް އެތަންދިވެހިންނައްލިބޭތޯކީޓައްދާވަރުގެގަޓުހުރިވެރިޔަކުމިގައުމައްއަންނާނެބާ،މިހާތަނައްމިގައުމުގަވެރިކަންމިކުރިމޯކުންތައްބޭރުކުރަންޖެހޭ

  2. ނާޅި

    ފޯޅަވަހި އަކީ ބަޔަކު ދިރިއުޅުނު ތަނެއްނޫން، އެތަނުގައި މަސައްކަތް ކުރަން އެފްރިކާ ބައްރުން އަޅުން ގެންދިޔައީ މަސައްކަތް ނިމިގެން އެމީހުން އިގިރޭސި ވިލާތަށާއި އެފްރިކާގެ ބަޔެއް ޤައުމުތަކަށް ބަދަލް ދީފަ ވަޒަންވެރި ކުރުވާފަވަނީ ، އެމީހުނަށް އެޤައުމުތަކުން ސިޓިޒަންޝިޕްލިބި ވަޒަން ވެރިންގެ ގޮތުގައި މިހާރު ދިރިއުޅެނީ !