ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ އަމިއްލަ އެދުމަށްވުރެ ދިވެހި ޤައުމުގެ މަސްލަހަތު އިސްކުރައްވާ ބޭފުޅެއްކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ މިހެން ވިދާޅުވީ ޕީއެސްއެމްގެ ބާބު ޕްރޮގްރާމުގައި, ޖީއެސްޓީ %6 އިން %8 އަށް, ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑުކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާާހާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގައެވެ.
ރާއީ ވިދާޅުވީ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅީ ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު ދިވެހިންނަށް ކުރާ މިންވަރު ކުޑަކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ހެޔޮބަދަލު ފެންނާނީ ހަތަރު ފަސް އަހަރެއް ފަހުންނެވެ.
ރާއީ ވިދާޅުވީ ޓެކްސް ބޮޑުކުރުމަކީ ސިޔާސީ ގޮތުން ވިސްނާނަމަ ރައީސް ޞާލިޙަށް މޮޅެއް އޮތް ކަމެއް ނޫން ކަމަށެވެ.
''އަމުދުން ރިޔާސީ އިންތިޚާބު އޮވެ, އެމްޑީޕީއަށް ވެސް ސިޔާސީ ވިސްނުމަކުން ވިސްނާނަމަ އެހާ މޮޅު ގޮތަކަށް ނުވެދާނެ. ނަމަވެސް ދިވެހި ރައްޔިތުންނަށް ދިވެހި ޤައުމު އިސް މިކުރީ މިކަމުގައި.''
ރާއީ ވިދާޅުވީ ރައީސް ޞާލިޙަކީ އަމިއްލަ އެދުމަށްވުރެ ދިވެހި ޤައުމުގެ މަސްލަހަތު އިސްކުރައްވާ ބޭފުޅެއްކަމަށެވެ. އަދި އެމްޑީޕީން ވެސް މަސައްކަތްކުރަނީ ޤައުމުގެ މަސްލަހަތު އިސްކުރުމަށް ކަމަށެވެ.
އަމިއްލައެދުންނެތިި އުޅޭއިރުު ހާދަހާގިނަަ އަދަދުތަކެއްގެެ ފައިސާގަަ ޖެހިފަހުރިކަމައްް ކުރީގެެ ޓުއަރިޒަމްމިނިސްޓަރާާ މިހާރުގެެ ބައެއްމިނިސްޓަރުންނާާ ރައްޔިތުންމަޖިލީހުގެެ އެމްޑީޕީއައްް ނިސްބަތްވާާ ބައެއްމްބަރުންނާާ އެކިއެކިި މުއައްސަސާތަކުގެެ މުވައްޒަފުންނާާ އާއްމުު ރައްޔިތުންް އެކިއެކިި ތަންތަނުގައިި ކިޔާއުޅޭކަމައްް ބުނަނީީ އަނެއްކާވެސްް ރާއީއައްް ބޮޑުއެއްޗެެއްް ލައްވާލީދޯޯ އެނގޭޭ ރާއީމެންނަކީީ ވަރައްބާރައްް ފައިސާގެެ ފަހަތުންް ދެމޭބަޔެއްކަންވެސްް