ޚަބަރު ވިޔަފާރި ސަރުކާރު ސިޔާސީ

ޓެކްސް ނިޒާމުގެ ހަގީގީ މަންފާއާއި ފޮނި މީރުކަން މި ސަރުކާރުން ކަށަވަރުކުރާނެ: ސައުދުﷲ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކަށަވަރުކުރާނޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސައުދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ޓެކްސްއަށް ގެންނަ ބަދަލާއެކީ ރައްޔިތުންގެ އަސާސީ އެތައް ކަމެއްްގެ ހައްލު ލިބިގެން ދާނެކަމަށެވެ. ޓެކްސް ނަގަނީ ދިވެހި ރައްޔިތުންގެ އަސާސީ ކަންކަކަން ފުރިހަމަކުރުމަށް ކަމަށްވެސް ސައުދުﷲގެ ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ސައުދުﷲ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ތައާރަފުކުރި ޓެކްސްގެ ނިޒާމު ފުރިހަމަޔަށް ރައްޔިތުންނާއި ހަމައަށް ގެނެސްދޭނީ ރައީސް ސޯލިހުގެ ސަރުކާރުންކަމަށެވެ.

ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން މިހާރު ނަގަމުންދާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރުމަށް، ސަރުކާރުގެ ފަރާތުން ވަނީ ރައޔްިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ ވާހަކަދައްކާފައެވެ.

ސަައުދު ވިދާޅުވީ، ޓެކްސް ނިޒާމުގެ ހަގީގީ މަންފާއާއި ފޮނި މީރުކަން ލިބިގެންދާނީ ރައީސް ސޯލިހުގެ ވެރިކަމުގައިކަމަށެވެ.

2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޖީއެސްޓީ ތައާރަފުކުރި އިރު، އޭރު ރޭޓު ހުރީ 3.5 ޕަސަންޓުގައެވެ.

އޭގެ ފަހުން، މިހާރު ނަގަމުންދާ 6 ޕަސަންޓަށް ޖީއެސްޓީ ބޮޑުކުރީ 2012 ވަނަ އަހަރުގައެވެ.

އަދި ޓޫރިޒަމް ޖީއެސްޓީ 2013ގައި ތައާރަފުކުރިއިރު 8 ޕަސަންޓުގައި ހުރިއިރު، މިހާރު ނަގަމުންދާ 12 ޕަސަންޓަށް ބޮޑުކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!