ޚަބަރު ސަރުކާރު

ކޮރަޕްޝަން ހުއްޓުވުމަށް ހުރި ގޮންޖެހުންތައް އަދިވެސް ވަރަށް ގިނަ: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި، އަދިވެސް ހުރަސްތައް އެބަހުރި ކަމަށާއި, ގޮންޖެހުންތައްވެސް މަދެއް ނޫންކަމަށް ރައީސް އބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

''އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022'' ގައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރިގެންދާއިރު ކޮރަޕްޝަނާ ދެކޮޅަށް އަޅުގަނޑުމެންނަށް ކޮންމެވެސް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި, ނަމަވެސް ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށެވެ.

''ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި، އަދިވެސް ހުރަސްތައް އެބަހުރި. ގޮންޖެހުންތައް ވެސް މަދެއް ނޫން. އެހެންނަމަވެސް މިކަމުގައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް ކުރިއެރުންތަކެއް ލިބޭކަން ވެސް އަޅުގަނޑު ފާހަގަކުރަން.''

އޭގެ ތެރެއިން އެއްކަމަކީ ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރާ މީހުންނަށް ފުރިހަމަ ހިމާޔަތް ލިބޭނެކަމުގެ ޔަޤީންކަން އޮންނާތީ އެފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއިން ދޭހަވަނީ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް މިކުރާ މަސައްކަތުގައި، ޢާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން އިތުރުވަމުން އަންނަކަން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެއެވެ.

Ads by Allied Insurance
  1. ޣުއިއްޒު

    ކޮންމެ ޕްރޮޖެކްޓަކަށް އަދި ކޮންމެ އޮފީހަކަށް އަތްކަނޑާނެ ޖައްލާދެއްގެ ވަޒީފާ ހަމަޖައްސާފަ މީހަކު ލާބަލަ. އޭނަ ބަހައްޓާނީ ކަނޑި ދީފަ އަމަލު ކުރަންވީ ގޮތް ކިޔައިދީފައި. ވާއެއްޗެއް އެނގިދާނެތާ!

  2. އެންމެ ބޮޑު ކޮރަޕްޝަނަކީ ﷲ ޝަރީކުކުރުން އެކަލާގެޔަށް ކާފިރުވެ އުރެދުން ނަމާދު އެޅުން،ޒަކާތް ނުނެރުން،ރޯދަ ދޫކޮށްލުން ހައްޖު އަދާނުކުރުން، މީހުން މެރުން ވައްކަން ކުރުން ރާބުއިން، ޒިނޭކުރުން، ޤަޒުފުކުރުން !