ދުނިޔެ

ޓެރެރިޒަމްއާ ދެކޮޅަށް އިންޑިއާއިން ބައި މިލިޔަން ޑޮލަރު ފަންޑް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓެރަރިޒަމާ ދެކޮޅަށް މެމްބަރު ގައުމުތަކުގެ ކެޕޭސިޓީ ބިލްޑިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އދ.ގެ ޓްރަސްޓް ފަންޑް ފޯ ކައުންޓާ ޓެރަރިޒަމަށް އިންޑިއާއިން މިއަހަރު ފަސް ލައްކަ ޑޮލަރު ދޭނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

Ads by WAMCO

އޭނާ މިކަން ހާމަކުރައްވާފައިވަނީ، "ޓެރަރިޒަމްގެ ބޭނުމަށް އައު އަދި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތައް ބޭނުންކުރުން ހުއްޓުވުން" މިމައުޟޫއަށް ކައުންޓަރ ޓެރަރިޒަމް ކޮމިޓީ (ސީޓީސީ)ގެ ޔޫއެންއެސްސީގެ ޚާއްޞަ ބައްދަލުވުމުގެ ޕްލެނަރީ ސެޝަންގައި މިއަދު ދެއްވި ޚިޠާބުގައެވެ.

"ޓެރަރިޒަމްގެ ނުރައްކާ ހުއްޓުވުމަށާއި އެކަމުން އަރައިގަތުމުގައި މެމްބަރު ގައުމުތަކުގެ ގާބިލްކަން އިތުރުކުރުމަށް ކައުންޓާ ޓެރަރިޒަމް އޮފީހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އދ.ގެ ޓްރަސްޓް ފަންޑް ފޯ ކައުންޓާ ޓެރަރިޒަމަށް އިންޑިއާއިން މިއަހަރު ބައި މިލިއަން ޑޮލަރުގެ ވޮލަންޓަރީ ކޮންޓްރިބިއުޝަނެއް ދޭނެ،" ޖައިޝަންކަރު ވިދާޅުވިއެވެ.

ޖައިޝަންކަރުގެ ޚިޠާބުގައި، "އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލާ" ކުރިމަތިލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، ޓެރަރިޒަމްގެ ނުރައްކާ މުޅި ދުނިޔެއަށް އިތުރުވެ، ފުޅާވަމުންދާކަން ފާހަގަކުރެއްވިއެވެ.

"ޓެރަރިޒަމްގެ ނުރައްކާ އިތުރުވެ، ފުޅާވަމުން މިދަނީ، ހާއްސަކޮށް އޭޝިއާ އަދި އެފްރިކާގައި. މޮނިޓަރިން ރިޕޯޓުތަކުން މިކަން ފާހަގަވޭ،" އޭނާ ވިދާޅުވީ، ޓެރެރިޒަމްގެ އަމަލުތައް ހުއްޓުވުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ޓެރަރިޒަމާ ދެކޮޅަށް ދެ ދުވަހުގެ މުއްދަތަށް ބާއްވާ ބައްދަލުވުން މި އަހަރު އޮންނާނީ އިންޑިއާގައެވެ. ދިއްލީގައި ކުރިޔަށް ގެންދަން ނިންމާފައިވާ މި ބައްދަލުވުމަކީ ކައުންޓާ ޓެރަރިޒަމް ކޮމިޓީ (ސީޓީސީ)ގެ އިންޑިއާގެ މުގައްރިރުގެ ދަށުން ބާއްވާ ބައްދަލުވުމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!