ލޮކްޑައުން ކުރުމުން ޗައިނާގެ ޑިޒްނީ ލޭންޑްގައި ގިނަ ބަޔަކު ތާށިވެފައި

ޗައިނާގެ ޝެހާއީގައި ހުންނަ ޑިޒްނީ ލޭންޑް ޕާކް ލޮކްޑައުން ކުުރުމުގެ ސަބަބުން އެތަނުގެ ތެރޭގައި ބަޔަކު ތާށިވެއްޖެއެވެ.
ޕާކް ލޮކްޑައުންކޮށް، ނެގެޓިވް ޕީސީއާރު ޓެސްޓެއް ދައްކައިގެން ނޫނީ ތީމް ޕާކުން ބޭރަށް ނުނިކުމެވޭނެ ކަމަށް ވަނީ އަންގާފައެވެ.
އެތަން ލޮންޑަރުންކޮށްފައިވަނީ ހޮނިހިރު ދުވަހު ޝަންހާއީއިން ލޯކަލް ޓްރާންސްމިޓެޑް 10 ކޭސް ފެނުމާ ގުޅިގެންނެވެ.
ތީމް ޕާކުގެ އިތުރުން ވަށައިގެންވާ ސަރަހައްދުތައް ވެސް ކުއްލިއަކަށް ބަންދުކުރީ ޗައިނާ ގަޑިން 11:30 (ޖީއެމްޓީ ގަޑިން 3:30)ގައެވެ.
ޗައިނާގެ ސޯޝަލް މީޑިއާ ސައިޓް ވެއިބޯގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޮކްޑައުން ކުރިކަން އިއުލާނުކުރުމާއެކު ޕާކުގެ ދޮރުތަކަށް މީހުން އަވަސްވެގަތް ނަމަވެސް އެމީހުން އެތެރެއަށްލާ ވަނީ ތަޅުލާފައެވެ.
ޗައިނާގެ ސޯޝަލް މީޑިއާ ސައިޓް ވީޗެޓްގައި ޕޯސްޓްކޮށް ޝަންހާއީ ސަރުކާރުން ބުނީ އެ ޕާކަށް މީހުން ވަނުން މަނާކުރަމުން އަންނަ ކަމަށާއި އެތެރޭގައި ތިބި މީހުންނަށް ނުކުމެވޭނީ ޓެސްޓުގެ ނެގެޓިވް ނަތީޖާ ލިބުމުން ކަމަށެވެ.
އަދި ބުރާސްފަތި ދުވަހުން ފެށިގެން ޕާކަށް ޒިޔާރަތްކޮށްފައިވާ ކޮންމެ މީހަކު ވެސް ޖެހިޖެހިގެން ތިން ދުވަހުގެ ތެރޭގައި ތިން ނެގެޓިވް ޓެސްޓުގެ ނަތީޖާ ހުށަހަޅަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.