ޚަބަރު

ވައްޑެއާއި ނިހާދުގެ ޒުވާބެއް ޓްވިޓަރގައި ޅެން ބަހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފޭދޫ ދާއިރާގެ މެންބަރު ނިހާދާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ޓްވިޓަރގައި ޅެން ބަހުން ޒުވާބެއް ކޮށްފިއެވެ.

Ads by MWSC

އެ ބަހުސް ފެށުނީ، ޓެކްސް ބޮޑުކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތާއީދު ނެތް ކަމަށްބުނެ ވައްޑެ ޅެން ބައިތުން ކުރެއްވި ޓްވީޓަކުންނެވެ.

ޓެކްސް ބޮޑުކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލިސް ކޮމިޓީގައި އެހި ވޯޓްގައި އެއާ ދެކޮޅަށް އެމްޑީޕީގެ 12 މެންބަރަކު ވޯޓް ދެއްވިއެވެ. އެއީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދުކުރައްވާ ފަރާތްތަކުން ޓެކްސް ބޮޑުކުރަން ތާއީދުކުރި ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އެކަމާ ދެކޮޅެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވައްޑެ އިއްޔެ ކުރެއްވި ޓުވީޓެއްގައި އެމްއެމްޕީއާރުސީ ހިޔާނާތާއި ވެންޓިލޭޓަރު ހިޔާނާތުގެ ފައިސާ އާއި، ބިލިއަނުން ލިބެންޖެހޭ ރިސޯޓު ކުލީގެ ފައިސާ ހޯދިފައި ނުވާ ކަމަށެވެ. އަދި މިކަންކަން ނުވުމުން ރައްޔިތުންގެ ޖީބަށް އަތްބާނައިގެން ޖީއެސްޓީ ބޮޑު ކުރަން ނޫޅެން ވަނީ ވައްޑެ ގޮވާލާފައެވެ.

އެ ޓްވީޓަށް ނިހާދު ރައްދު ދެއްވީ ޅެން ބައިތަކުންނެވެ.

"ދަތުރު ފަތުރޭ ކިޔައިގެން ބަހާލި ރަށްތަކުން ދައުލަތަށް އެއްޗެއް ނުލިބުނީމަ، ވެންޓިލޭޓަރު ކުންފުނިން ހަރަދުކޮށްގެން ހޮވުނީމަ، ސޯލާ މެގަ ޕްރޮޖެކްޓުތަކުން ބައި އެޅުނީމަ، ފްލޯޓިން އައިލެންޑޭ ކިޔާ މެގަ ވިއްކަމުން ބައި އެޅުނީމަ ސަރުކާރުން ވައްޓާލަން ނުޖެހޭ ސަބަބެއް ނޯންނާނެ،" ނިހާދު ވިދާޅުވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!