ދުނިޔެ

ޗައިނާގެ ހަރުކަށި ލޮކްޑައުންއާއެކު، އައިފޯން އުފައްދާ މިންވަރު ދަށްވެދާނެ ކަމުގެ އިންޒާރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ސަބަބުން އަންނަ މަހު ދުނިޔޭގެ އެންމެ ބޮޑު އެއް ފެކްޓްރީގައި އައިފޯނުތައް އުފައްދާ މިންވަރު 30 ޕަސެންޓް ދަށަށް ހިނގައިދާނެ ކަމަށް މިކަމާ ބެހޭ ސީދާ މައުލޫމާތު ހުރި މީހަކު މިއަދު ބުނެފިއެވެ.

Ads by WAMCO

ފެކްކޮންސްގެ އެންމެ ބޮޑު ކޮވިޑް-19 ލޮކްޑައުންއާއެކު ބަންދު ކުރަން ޖެހުމުން، އެހެން ފެކްޓްރީއެއްގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ރަސްމީކޮށް ކުރަމުން އަންނަ ކަމަށް ނަން ހާމަ ނުކުރުމަށް އެދޭ ކުންފުނީގެ އިސް މީހަކު ރޮއިޓާސްގައި ބުނެފައިވެއެވެ.

ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން ވަޒީފާ އަދާކުރާ ޗައިނާގެ މެދުތެރޭގައި ހުންނަ އެ ކުންފުނީގެ މައި ޒެންގްޒޫ ފެކްޓްރީގައި، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ހިތްހަމަނުޖެހުން އުފެދި، ހަފުތާ ބަންދުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ވަނީ އެ ތަނުން ފިލައިގެން ގޮސްފައެވެ.

ޕްރޮޑަކްޝަނަށް މިކަމުގެ އަސަރު ފޯރާނެ ކަމަށް ބެލެވެނީ އަހަރު ނިމުމުގެ ޗުއްޓީ މޫސުމާ ދިމާކޮށް އިލެކްޓްރޯނިކްސް އުފައްދާ ކުންފުނިތަކަށް އާދަޔާ ހިލާފަށް ބިޒީ ދުވަސްވަރެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ފޮކްސްކޮން އިން އާދީއްތަ ދުވަހު ބުނީ ހާލަތު ކޮންޓްރޯލް ކުރަމުން އަންނަ ކަމަށާއި އެހެން ޕްލާންޓްތަކާ އެކު ބެކްއަޕް ޕްރޮޑަކްޝަން ކޯޑިނޭޓް ކޮށް، އެކަމުގެ ސަބަބުން ކުރާނެ އަސަރު ކުޑަކުރާނެ ކަމަށެވެ. މިދިޔަ ހޯމަ ދުވަހު އެ ކުންފުނީގެ ހިއްސާގެ އަގު 1.4 ޕަސެންޓް ދަށަށް ވަނީ ގޮސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!