ދުނިޔެ

ބްރިޖް ވެއްޓުނު ސަރަހައްދަށް މޯދީގެ ޒިޔާރަތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގުޖުރާތުގެ ހުޅަނގުގެ މޯރްބީ ޑިސްޓްރިކްޓްގައި ބްރިޖެއް ވެއްޓި 135 މީހުން މަރުވި ހާދިސާ ހިނގި ސަރަހައްދަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންފިއެވެ.

Ads by Sosun Fihaara

މައްޗޫ ކޯރަށް މި ބްރިޖް ވެއްޓިފައިވަނީ، 140 އަހަރުވީ ބްރިޖު މަރާމާތަށް ފަހު އަލުން ހުޅުވިތާ ދުވަސްތަކެއް ފަހުން މިދިޔަ އާދީއްތަ ދުވަހުއެވެ.

މި މައްސަލައިގައި މިހާތަނަށް ބްރިޖް ބެލެހެއްޓުމަށް ހަވާލުކުރި ފާމެއްގެ މުވައްޒަފުންނާ އެކު ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

230 މީޓަރު (754 ފޫޓް) ގެ މި ބްރިޖަކީ އިނގިރޭސީންގެ ވެރިކަމުގައި 1870 ގެ އަހަރުތަކުގައި ހަދާފައިވާ ބްރިޖެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާދީއްތަ ދުވަހު އިންޑިއާ ގަޑިން 18:40 އެހާކަންހާއިރު ބްރިޖް ވެއްޓުނު އިރު އެތައް ސަތޭކަ ބަޔަކު ބްރިޖް މަތީގައި ތިއްބެވެ.

މޯދީ ވަނީ ބްރިޖް ވެއްޓުނު ހާދިސާގައި ޒަޚްމްވި ފަރާތްތަކުގެ ހާލު ބައްލަވާ ލައްވާފައެވެ. އަދި މަރުވި ފަރާތްތަކުގެ އާއިލާއާ ބައްދަލު ކުރައްވާ ތައުޒިޔާގެ މެސެޖް ރައްދު ކޮށްދެއްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!