ދުނިޔެ

ސޯލާއިން ހަކަތަ އުފައްދާ، ކޮޗިން އެއަރޕޯޓް ނަމޫނާއަކަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން
ކޮޗިން އެއަރޕޯޓް... އެއީ 100 އިންސައްތަ ސޯލާއިން ހަކަތަ އުފައްދާ އެއަރޕޯޓެއް: ދެން އިމޭޖްސް/ޒައީމް

ބައިނަލްއަގުވާމީ ޓްރެފިކަށް ބަލާއިރު އިންޑިއާގެ އެންމެ ބިޒީ އެއް އެއާޕޯޓު ކަމަށްވާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓު މުޅިން ސޯލާ ހަކަތައިން ހިނގަމުންދާ ވާހަކައަކީ މިހާރު އައު ވާހަކައެއް ނޫނެވެ. މި ސޯލާ އިނީޝިއޭޓިވް އިން ވަނީ 2018 ވަނަ އަހަރު އެންޓްރަޕްރެނިއަރިއަލް ވިޝަން ކެޓަގަރީން އދ.ގެ ޗެމްޕިއަންސް އޮފް ދަ އާތު އެވޯޑް ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (ސީއައިއެލް) ހާސިލްކޮށްފައެވެ.

Ads by Sosun Fihaara

ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަކީ ކެރެލާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަކީ މުޅިން ސޯލާ ހަކަތައިން އޮޕަރޭޓްކުރާ ދުނިޔޭގެ ފުރަތަމަ އެއާޕޯޓެވެ.

12 މެގަވޮޓްގެ ސޯލާ ޕަވަރ ޕްލާންޓް އުފެއްދުމުގެ މަސައްކަތް ފައްޓަވައިދެއްވީ 18 އޮގަސްޓް 2015 ގައި ޗީފް މިނިސްޓަރ މިސްޓަރ އޮމަން ޗަންޑީއެވެ. ކޮޗިން އެއާޕޯޓުގެ ސޯލާ ޕަވާޕްލާންޓްގެ ހިންގުމުގެ ހުރިހާ މަސައްކަތަކަށް ދުވާލަކު 50،000-60،000 ޔުނިޓާ ދެމެދުގެ އަދަދަކަށް ކަރަންޓު އުފައްދައެވެ.

ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓް (ސީއައިއޭއެލް) ގެ ބިލްޑިން ބްލޮކް އަޅާފައިވަނީ 2013 ވަނަ އަހަރުއެވެ. ސޯލާ ޕީވީ ސެކްޓަރުގެ ގޮތުގައި އެތަން ތައާރަފްކުރީ އެރައިވަލް ޓާމިނަލް ބްލޮކްގެ ފުރާޅުމަތީގައި 100 ކިލޯވޮޓްގެ ސޯލާ ޕީވީ ޕްލާންޓެއް ބަހައްޓައިގެންނެވެ.

ކޮލްކަތާގެ މެސަރސް ވިކްރަމް ސޯލާ ޕްރައިވެޓް ލިމިޓެޑުން ގާއިމްކޮށްފައިވާ މި ޕްލާންޓްގައި ބޭނުންކޮށްފައިވަނީ 250 ޑަބްލިއުޕީގެ 400 ނަމްބަރު ޕޮލިކްރިސްޓަލައިން މޮޑިއުލްތަކެވެ. މި ޕްލާންޓްގައި ބޭނުންކޮށްފައިވަނީ 20 ކިލޯވޮޓްގެ ކެޕޭސިޓީގެ ފަސް ނަމްބަރު ރެފު-ސޯލް މޭކް ސްޓްރިންގް އިންވާޓަރއެވެ.

މި ޕްލާންޓްގެ މަސައްކަތްކާމިޔާބުވުމުން، ކޮޗިން އެއާޕޯޓުން ވަނީ އެއާޕޯޓު ސަރަހައްދުގައި ހުންނަ އެއާކްރާފްޓް މެއިންޓެނެންސް ފެސިލިޓީތަކުގައި 1 މެގަވޮޓްގެ ސޯލާ ޕީވީ ޕަވާ ޕްލާންޓެއް ބަހައްޓައިފައެވެ.

ކޮޗިން އެއަރޕޯޓްގައި ދިވެހި އާއިލާއެއް.. މިއީ ދިވެހިން ވަރަށް ގެނައިން ދަތުރުކުރާ އެއަރޕޯޓެއް

ސޯލާ ހަކަތައަށް ބަލާއިރު، ކޮޗިން އެއާޕޯޓަކީ އަކީ އަބަދުވެސް ދެމެހެއްޓެނިވި ތަރައްގީގެ ކޮންސެޕްޓްތަކަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދޭ އެއާޕޯޓެކެވެ.

ސީއައިއޭއެލް މެނޭޖިން ޑިރެކްޓަރު އެސް ސުހާސް ވިދާޅުވި ގޮތުގައި އެ އެއަރޕޯޓަކީ އަބަދުވެސް ހަރަދު ކުޑަކުރުމަށް ވިސްނާ ބައެއް ކަމަށާއި އެސަރަހައްދުގައި އަހަރުގައި ގާތްގަނޑަކަށް 300 ދުވަހު އިރުގެ ދޯދި ދޭތީ، ސޯލާއިން ހަކަތަ ނަގަން ނިންމި ކަމަށެވެ.

"އެއާޕޯޓެއް ހިންގުމަށް އޯލްޓަނޭޓިވް ހަކަތައަށް ބަރޯސާވުމަކީ ހަގީގަތުގައި ވަރަށް ނާޒުކު ވިސްނުމެއް. އިންޑިޔާގެ އެއަރޕޯޓް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓްގައި ޕީ.ޕީ.ޕީ މޮޑެލްގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ ފައުންޑިންގ މެނޭޖިންގ ޑިރެކްޓަރ ވީ.ޖޭ.ކުރިއަން އަބަދުވެސް ބޭނުންފުޅުވީ އާ ގޮންޖެހުންތަކާ ކުރިމަތިލައްވަން. އަޅުގަނޑުމެންގެ ކަރަންޓު ބިލް ބޮޑުވުމުން، ވިސްނީ އެކަމަށްދާ ޚަދަރު ކުޑަކުރަން. ބޮޑު އިންވެސްޓްމެންޓެއް ކުރަން ޖެހުނަސް ފަހަށް ވިސްނަން،" ސުހާސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!