އިމްރާން ޚާންއަށް ބަޑީގެ ހަމަލާއެއް!
![](https://dhen.mv/wp-content/uploads/2022/11/4154F53E-7F8B-4594-8356-C461B25C7D73-850x548.jpeg)
ގްޖްރަންވާލާގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގަޔަށް ބަޑިޖަހައިފިއެވެ.
މި ހިނގާލުމަކީ ޕާކިސްތާނުގެ މިހާރުގެ ސަރުކާރަކީ ޤާނޫނާ ޚިލާފު ސަރުކާރެއް ކަމަށާއި އަވަސް އިންތިޚާބަކަށް ގޮވާލައި އިސްލާމްއާބާދުގައި ބޭއްވުމަށް ރާއްވަމުން އަންނަ ބޮޑު މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ހިނގާލުމެވެ.
ބަޑީގެ ވަޒަން އަމާޒުވެފައިވަނީ އިމްރާން ޚާންގެ ފަޔަށެވެ. އޭނާގެ ފަޔަށް ބަޑި ޖަހާފައިވީ ނަމަވެސް ނުރައްކަލުން ސަލާމަތްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާއަށް ލާހޯރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ބަޑީގެ ހަމަލާތައް ހިނގިއިރު، އިމްރާން ޚާން ދިޔައީ ހަރުކަށި ބަދަލުތަކެއް ގެނައުމަށް ބާރުއަޅައި، އަވަސް އިންތިޚާބެއް ބާވަންޖެހޭ ކަމަށް މުޒާހަރާގެ ބައިވެރިންނަށް ގޮވައިލަމުންނެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.