ދުނިޔެ

އަނެއްކާ ވެސް ޗައިނާގެ ރޮކެޓެއް ދުނިޔެއަށް ވެއްޓެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިއަށް އޮތް ދުވަސްތަކުގައި ޗައިނާގެ އިތުރު ރޮކެޓް ބޮޑީއެއް ކޮންޓްރޯލެއް ނެތި ދުނިޔެއާ ދިމާލަށް ވެއްޓިގެން ދާނެ ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

Ads by WAMCO

މިއީ ޗައިނާއިން ޖައްވުގައި ހަދަމުން އަންނަ ޖައްވީ އިދާރާ، ޓިއަންގޮންގް ސްޕޭސް ސްޓޭޝަނަށް ބޭނުންވާ ޑޮކްއެއް ހިފައިގެން ދިޔަ ރޮކެޓެކެވެ.

ޗައިނާގެ ޖައްވީ އިދާރާއިން ލޯންޗް ވެހިކަލްގެ މައި ސްޓޭޖުގެ ކޮންޓްރޯލް ޑިއޯބިޓް ހަދާފައެއް ނުވެއެވެ. މިހެންކަމުން މި ރޮކެޓް ވެއްޓޭނީ ކޮންތާކަށް ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

އޭރޯސްޕޭސް ކޯޕަރޭޝަންގެ ކޮންސަލްޓަންޓެއް ކަމަށްވާ ޓެޑް މުއެލްހަޕްޓް ފަދަ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި 20 ޓަނަށް ވުރެ ބަރުދަނުގައި ހުރި  މިރޮކެޓް ބޮޑީ ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔެއަށް ވެއްޓޭނެ ކަމަށާއި ވެއްޓޭނެ ސަރަހައްދު ޔަޤީން ނުވާ ކަމަށެވެ.

ފަހަކަށް އައިސް އެގައުމުގެ ރޮކެޓް ކޮންޓްރޯލް ނުވެ ދުނިޔެއަށް ވެއްޓި، ފުރާނައާއި މުދަލަށް ގެއްލުންވުމުގެ ފުރުސަތު އޮތް އިތުރު ތިން ހާދިސާއެއް ވަނީ ފެންމަތިވެފައެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ޗައިނާގެ ލޯންގް މާޗް ރޮކެޓެއްގެ ކޮންޓްރޯލް ނެތް ކޯ ސްޓޭޖެއް އިންޑިއާ ކަނޑުގެ މަތިން އަނދައި ގެންދިއުމުން ނާސާގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ސްޕޭސް ސްޓޭޝަނަށް އާ މޮޑިއުލެއް ޑެލިވަރީ ކުރުމަށް ފަހު، މި ރޮކެޓް ވެސް ކޮންޓްރޯލުން ނެއްޓި މެލޭޝިއާ ކައިރީގައި އޮންނަ އިންޑިއާ ކަނޑުގެ ސަރަހައްދަށް ވެއްޓުނެވެ.

ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވަނީ ރޮކެޓުގެ ރީ-އެންޓްރީ ޕާތާ ބެހޭ ގޮތުން ޗައިނާއަށް ރަނގަޅު ޑޭޓާއެއް ނުދޭކަމަށް ބުނެ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!