ޚަބަރު

ވިޔަފާރީގައި މަކަރު ހަދާ އޮޅުވާލުމަކީ ދެ ދުނިޔެ އަބާއްޖަވެރިވެގެންދާނެ ކަމެއް: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ވިޔަފާރީގައިއާއި އެނޫންވެސް މުޢާމަލާތްތަކުގައި މަކަރު ހަދާ އޮޅުވާލުމަކީ ދެ ދުނިޔެ އަބާއްޖަވެރިވެގެންދާނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ. 

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "މަކަރާއި ހީލަތްހެދުން" މިއެވެ.

ޚުތުބާގައި ބުނެފައި ވަނީ ކާބޯތަކެއްޗާއި، އިލެކްޓްރޯނިކް ސާމާނާއި، މިނޫންވެސް ވަރަށް ގިނަ ބާވަތްތަކުގެ މުދާ ރާއްޖެއަށް އެތެރެކޮށް ވިއްކާ ކަމަށާއި ވިޔަފާރި ކުރުމުގެ ބޭނުމުގައި، މި ބާވަތް ބާވަތުގެ މުދާ އެތެރެކޮށް ވިއްކާއިރު، ވަރަށް ބޮޑަށް އޮޅުވާލުމާއި، މަކަރު ހަދަމުންދާކަމުގެ އަޑުތައް މިޖްތަމަޢުން އަދިވެސް ވިޔަފާރިވެރިންގެ ފަރާތުން ފެންނަމުންދާ ކަމަށެވެ.

އަދި މުދާއެތެރެކޮށް ވިއްކުމުގައި، ބައެއް ވިޔަފާރިވެރިން މަކަރުހަދައި، އޮޅުވާލައި، ފެންވަރު ދަށް މުދާ، ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަމުގައި ވިއްކާ ކަމަށާއި  މިގޮތަށް ވިޔަފާރި ކުރުމަކީ، މަކަރާއި، ހީލަތް ހެދުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއީ މުދާ އުފައްދާ ފަރާތްތަކަށާއި، ގަންނަ ފަރާތްތަށް ގެއްލުން ލިބޭނެ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން، ވިޔަފާރިވެރިންނާމެދު، މީސްތަކުންގެ ހިތްތަކުގައި އޮންނަ އިތުބާރު ކުޑަ ވާނެ ކަމަށް ބުނެފައިވެއެވެ. އަދި މަކަރުހަދައި އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެއްކަމަށާއި އެފަދަ ކަމެއް ކުރާއިރު ދުނިޔެވީ ހަޔާތާ މެދު ވިސްނަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

ލިބޭ އާމްދަނީ މަދުވެގެން، އާމްދަނީ އިތުރުކުރުމަށްޓަކައި ނަމަވެސް ދީނުގައި ހުއްދަނޫން މަގުތައް އިޚްތިޔާރު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް. ޒަމާނީ ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި މީސްތަކުންގެ މުދާ ފޭރިގަތުމަށް ބޭނުންކުރާ އުކުޅުތަކާމެދު ފާރަވެރިވެ ތިބުމަކީ މުހިންމު ކަމެއްހުތުބާގައި ބުނެފައިވެއެވެ.   

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!