ދުނިޔެ

އާރް20ގެ ރައީސްކަމަށް އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގްރޫޕް އޮފް 20 ފޯރަމްގެ ދީނީ ޖަމާއަތް ކަމަށްވާ އާރް20 ސަމިޓުގެ ރިޔާސަތު އިންޑޮނޭޝިއާއިން ބުރާސްފަތި ދުވަހު އިންޑިއާއާ ހަވާލުކޮށްފިއެވެ.

Ads by WAMCO

ޖީ20 ރިލިޖަން ފޯރަމް 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާގައެވެ. އާރް20 އަކީ އިންޑޮނޭޝިއާގެ ޖީ-20 ޕްރެޒިޑެންސީގެ ދަށުން ފެށި ސިލްސިލާ ޖީ-20 އިވެންޓްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އިންޑޮނޭޝިއާގެ ބާލީގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 2-3 އަށް ކުރިއަށް ގެންދާ މި ހަރަކާތަކީ 21 ވަނަ ގަރުނުގައި މައްސަލަތަކާއި ދީނީ މައްސަލަތަކުގެ ސަބަބުން އުފެދޭ ހަމަނުޖެހުންތަކުގެ ހައްލު މަޝްވަރާ ކުރުމަށް ބާއްވާ ހަރަކާތެކެވެ.

މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމެއްގެ ގޮތުގައި އިންޑޮނޭޝިއާ ފަހަތަށް ޖައްސާލުމަށް އިންޑިއާ50202 ވަނަ އަހަރު އަރާނެ ކަމަށް ކަމަށް ،އާރްއެސްއެސްގެ ލީޑަރު ރާމް މާދަވް އިންޑިއާއަށް މި ސަމިޓްގެ ރައީސްކަން ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންޑިއާއިން ތަފާތުކަން ނައްތާލަން މަސައްކަތް ކުރާ ކަމަށާއި ދުނިޔޭގެ އަނިޔާ ލިބެމުންދާ މީހުންނަށް އެގައުމުގެ  މަރުހަބާ ކިޔާ ކަމަށެވެ.

އާރް-20ގެ ރިޔާސަތާއި އިންޑިއާއިން ހަވާލުވާއިރު، ޖީ-20ގެ ރިޔާސަތުގައި ވެސް އަންނަ އަހަރު އަދާކުރާނީ އިންޑިއާއިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!