ޚަބަރު

އިމްރާން ހާންއަށް ދިން ހަމަލާ އަދާލަތުން ކުށްވެރިކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގްޖްރަންވާލާގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގަޔަށް ބަޑިޖެހި ހާދިސާ އަދާލަތް ޕާޓީން ކުށްވެރިކޮށްފިއެވެ.

Ads by STELCO

އަދާލަތް ޕާޓީން މިއަދު ވިދާޅުވީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ދިން ބިރުވެރި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި  ކޮންމެ ސިފައެއްގައި ވެސް އަނިޔާ ކުރުން ކުށްވެރިކުރާ ކަމަށާއި މިކަމަށް އެއްވެސް މުޖުތަމައެއްގައި ޖާގައެއް ދެވިގެން ނުވާނެ ކަމަށް އަދާލަތް ޕާޓީން ވިދާޅުވިއެވެ.

“މި ނުރައްކާތެރި ހަމަލާގައި ޒަހަމްވި އިމްރާން ހާން އަދި އަދި އެހެން މީހުންނަށް އަވަސް ޝިފާއަކަށް އެދެން” އެ ޕާޓީން ވިދާޅުވިއެވެ.

ގްޖްރަންވާލާގައި ބޭއްވި އެ ހިނގާލުމަކީ ޕާކިސްތާނުގެ މިހާރުގެ ސަރުކާރަކީ ޤާނޫނާ ޚިލާފު ސަރުކާރެއް ކަމަށާއި އަވަސް އިންތިޚާބަކަށް ގޮވާލައި އިސްލާމްއާބާދުގައި ބޭއްވުމަށް ރާއްވަމުން އަންނަ ބޮޑު މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ހިނގާލުމެވެ.

ބަޑީގެ ވަޒަން އަމާޒުވެފައިވަނީ އިމްރާން ޚާންގެ ފަޔަށެވެ. އޭނާގެ ފަޔަށް ބަޑި ޖަހާފައިވީ ނަމަވެސް ނުރައްކަލުން ސަލާމަތްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާއަށް ލާހޯރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ބަޑީގެ ހަމަލާތައް ހިނގިއިރު، އިމްރާން ޚާން ދިޔައީ ހަރުކަށި ބަދަލުތަކެއް ގެނައުމަށް ބާރުއަޅައި، އަވަސް އިންތިޚާބެއް ބާވަންޖެހޭ ކަމަށް މުޒާހަރާގެ ބައިވެރިންނަށް ގޮވައިލަމުންނެވެ.

  1. ޢަލިފުޅު

    3ނޮވެމްބަރ ގައި ބަޑި ޖެހުން އަދާލަތަށް އޯކޭ ވީމަތަ ނަސްރުގެ ދުވަހު ބަގެއްބުނަން ނުކެރުނީ.. އެދުވަހު މީހަކަށް އނިޔާވިކަމެއް އިމުރާނަށް ނޭންގެނީތަ

  2. ކާސިމްބެ

    މީވަރެއްގެ ބައެއް އުޅޭ އަދާލަތެއް، އަމިއްލަ ގައުމުގެ މީހުން ހަތަރެސްފައި ބުރިކޮށް ކޮށާ ކަތިލަމުން ދާއިރުވެސް ބަހެއް ބުނެލަން ނުކެރި އެކަންކަން ދިފާއުކޮށް ގަބޫލު ކޮގގެނ ތިބި ބަޔަކު ބޭރުގައުމުތަކުގެ ކަންކަން ކުށްވެރި ކުރަމުން މިދަނީ ގައުމުގެ ޚަޒާނާއިން ބައި އަޅާފަ އޮތީމާތޯ؟؟؟