ދުނިޔެ

ތިމާވެށީގެ މައްސަލަތަކުގައި މުއްސަނދި ޤައުމުތަކުން އެހީނުވާތީ އިންޑިއާގެ ފާޑު ކިޔުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތަރައްގީވަމުން އަންނަ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރުގެ ކްލައިމެޓް ފައިނޭންސް ދިނުމަށް މުއްސަނދި ގައުމުތަކުން ވެފައިވާ ވައުދު ފުއްދުމަށް އިންޑިއާއިން ގޮވާލައިފިއެވެ.

Ads by WAMCO

އިންޑިއާއިން ވަނީ އަންނަ ހަފުތާގައި ބާއްވާ އދ.ގެ ކްލައިމެޓް ކޮންފަރެންސްގައި ކުރިއަށް އޮތް އަހަރުތަކަށް އެ އަދަދު އިތުރުކުރުމަށް ގޮވާލާފައެވެ.

2009 ވަނަ އަހަރު ދުނިޔެ ހޫނުވުމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަންޖެހޭ ކުރިއަރާފައިވާ ގައުމުތަކުން ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް 2020 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 100 ބިލިއަން ޑޮލަރު ދޭނެ ކަމަށް ވައުދުވެފައެވެ. އެ ވައުދު އަދިވެސް ހާސިލްނުކުރެވި، ތަރައްގީވަމުން އަންނަ ބައެއް ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން ވަނީ އުފެދިފައެވެ.

"2020 ވަނަ އަހަރުން ފެށިގެން2025 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ވެސް ކްލައިމެޓް ފައިނޭންސްގެ ގޮތުގައި އަހަރަކު 100 ބިލިއަން ޑޮލަރު ގެނައުމުގެ އަމާޒަށް އަދި ވެސް ވާސިލްނުވޭ" ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު މިސްރުގައި ފަށާ ކޮޕް 27 އިވެންޓާ ދިމާކޮށް ސަރުކާރުން އިންޑިއާގެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޗައިނާ އާއި އެމެރިކާ އަށް ފަހު ދުނިޔޭގެ ތިން ވަނައަށް އެންމެ ގިނައިން ގްރީންހައުސް ގޭސް ބޭރުކުރާ ގައުމަކީ އިންޑިއާއިންނެވެ. އިންޑިއާއިން އަންނަނީ ގްރީން ހައުސް ގޭސް ބޭރުވާ މިންވަރު ދަށްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!