ދުނިޔެ

ޗައިނާ އޮތީ ހުރިހާ ޤައުމަކަށް ވެސް ހުޅުވާލެވިފައި: ޝީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ބޭރުގެ އިންވެސްޓްމެންޓްތަކަށް ފުރުސަތުތައް އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

Ads by WAMCO

ޗައިނާ އިންޓަނޭޝަނަލް އިމްޕޯޓް އެކްސްޕޯ (ސީއައިއައިއީ) ފެށުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ، ހަމަހަމަ ފުރުސަތުތަކާއެކު ޗައިނާ ހުޅުވާލެވިފައިވާ ކަމަށާއި ހުރިހާ ޤައުމަކުން ވެސް އިންވެސްޓްމެންޓްތައް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޝީ ވިދާޅުވީ ޗައިނާއިން ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހިތްވަރުދީ، ފްރީ ޓްރޭޑް ޕޯޓް ފަދަ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތައް އަވަސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން މިދިޔަ މަހު ބޭއްވި ކޮންގްރެސްގައި ޖެނެރަލް ސެކްރެޓަރީގެ ތިން ވަނަ ދައުރެއް ޝީ ވަނީ ހޯއްދަވާފައެވެ.

ބޭރުގެ މުދާ އެތެރެކުރުމަށް އަމާޒުކޮށްގެން ބާއްވާ ސީއައިއައިއީ އަކީ 2018 ވަނަ އަހަރު ޗައިނާއިން ތައާރަފްކުރި ފެއާއެކެވެ.

ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން ބުނީ މި މައުރަޒުގައި 127 ގައުމަކާއި ސަރަޙައްދެއްގެ ކުންފުނިތަކުން އެފަރާތްތަކުގެ އުފެއްދުންތައް ނުވަތަ ޚިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!